އަނބިމީހާއާ ޖިމާޢުވުން

ތިމާގެ އަނބިމީހާއީ ތިމާއަށް ﷲ ސުބްޙާނަހޫ ވަތަޢާލާ ޙަލާލު ކޮށްދެއްވާފައިވާ އަންހެނެކެވެ. އެއަނބިމީހާގެ ކިބައިން ތިމާ ބޭނުންގޮތަކަށް އަރާމު ލިބިގަތުމަކީ ހުއްދަކަމެކެވެ. އެކަލާނގެ ވަޙީ ކުރައްވާފައިވަނީ (نِسَاؤُكُمْ حَرْثٌ لَكُمْ فَأْتُوا حَرْثكُمْ أَنَّى شِئْتُمْ…) (އަލްބަޤަރާ 223) މާނައީ: “ތިޔަބައިމީހުންގެ އަނބިންނަކީ ތިޔަބައިމީހުންގެ ދަނޑުބިމެވެ. (އެބަހީ: ދަނޑު ބިމެއްފަދަ އެއްޗެކެވެ.) ފަހެ އެދަނޑުބިމުގައި ތިޔަބައިމީހުން ބޭނުންގޮތަކަށް ގޮވާންކޮށް ފައިދާލިބިގަންނާށެވެ.” މިއެވެ. މިހެން އެންގެވުމާއެކު މަނާކުރައްވާފައިވާ ބައެއް ކަންތައްވެއެވެ. ވީމާ އާޔަތުގައި ދެއްވާފައިވާ ހުއްދަޔާ މިނިވަންކަން މާނަކުރެވޭނީ […]