ކުޑަކުދިންގެ ވާހަކަ: ދިރޭތަކެއްޗަށް ގެއްލުން ނުދޭނަމެވެ.

ހަމަކަށަވަރުން ﷲ ކޮންމެ އެއްޗަކަށްވެސް އިޙްސާންތެރިވުން ލިޔުއްވިއެވެ. (އެބަހީ: ފަރުޟުކުރެއްވިއެވެ.) ފަހެ، ތިޔަބައިމީހުން ޤަތުލުކުރާނަމަ ރިވެތިކޮށް ޤަތުލުކުރާށެވެ. އަދި ތިޔަބައިމީހުން ޛަބަޙަކުރާނަމަ ރިވެތިކޮށް ޛަބަޙަކުރާށެވެ.
ސުންނަތް

ސުންނަތޭ ބުނެވުނު ބަހުގެ މާނައީ މަގު ނުވަތަ ގޮތެވެ. ޝަރީޢަތުގެ އިޞްޠިލާޙުގައި ސުންނަތޭ ބުނެވޭ ބަހުގެ މާނައީ ﷲ ތަޢާލާގެ އިޒުނަފުޅަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިއުންމަތަށް ދައްކަވާފައިވާ ރަނގަޅު ހެޔޮ މަގެވެ. އެމަގު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދައްކަވާފައިވަނީ އެނަބިއްޔާގެ ބަސްފުޅާއި ޢަމަލު ފުޅުންނާއި އަދި ތަޤްރީރުންނެވެ. ތަޤްރީރޭ މިބުނި ބަހުގެ މާނައީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި އަސްޙާބު ބޭކަލުން ކުރެއްވި ކަންކަމުގެ ތެރެއިން އެނަބިއްޔާ މަނާ ނުކުރައްވާ ކަންކަމެވެ. […]