ފަތިސް ނަމާދަށް ހޭލެވުނު އިރު، އިރު އަރަން ކައިރި ވެއްޖެ ނަމަ ދެން ނަމާދު ކުރާނީ އިރު އެރީމަތަ ނޫނީ ހަމަ ވީހާ އަވަހަކަށް ކުރާނީތަ؟

ޖަވާބު: ނިދުމުގެ ސަބަބުން ނުވަތަ ހަނދާން ނެތުމުގެ ސަބަބުން ދޫވާ ނަމާދު ނިދިން ހޭލެވުނުހާ އަވަހަކަށް ނުވަތަ ހަނދާންވިހާ އަވަހަކަށް ކުރަންވާނެއެވެ. އެއީ ނަމާދު ކުރުން ނަހީ ވަޤުތެއްކަމުގައިވީނަމަވެސް މެއެވެ. ފަރުޟު ނަމާދެއްކަމުގައި ވިޔަސް ސުންނަތް ނަމާދެއްކަމުވިވިޔަސް އޮތީ މި ޙުކުމެވެ. ދަލީލުތައް: ( مَنْ نَامَ عَنْ صَلاةٍ أَوْ نَسِيَهَا فَلْيُصَلِّهَا إِذَا ذَكَرَهَا) رواه البخاري (597) ومسلم (684) .“ނިދިގެން ނުވަތަ ހަނދާން ނެތިގެން ނަމާދެއް ދޫކޮށްލެވިއްޖެ މީހާ ހަނދާންވި އިރަކުން […]