[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފަތިސް ނަމާދަށް ހޭލެވުނު އިރު، އިރު އަރަން ކައިރި ވެއްޖެ ނަމަ ދެން ނަމާދު ކުރާނީ އިރު އެރީމަތަ ނޫނީ ހަމަ ވީހާ އަވަހަކަށް ކުރާނީތަ؟

DSC_0012ޖަވާބު: ނިދުމުގެ ސަބަބުން ނުވަތަ ހަނދާން ނެތުމުގެ ސަބަބުން ދޫވާ ނަމާދު ނިދިން ހޭލެވުނުހާ އަވަހަކަށް ނުވަތަ ހަނދާންވިހާ އަވަހަކަށް ކުރަންވާނެއެވެ. އެއީ ނަމާދު ކުރުން ނަހީ ވަޤުތެއްކަމުގައިވީނަމަވެސް މެއެވެ. ފަރުޟު ނަމާދެއްކަމުގައި ވިޔަސް ސުންނަތް ނަމާދެއްކަމުވިވިޔަސް އޮތީ މި ޙުކުމެވެ.

ދަލީލުތައް:

( مَنْ نَامَ عَنْ صَلاةٍ أَوْ نَسِيَهَا فَلْيُصَلِّهَا إِذَا ذَكَرَهَا) رواه البخاري (597) ومسلم (684) .ނިދިގެން ނުވަތަ ހަނދާން ނެތިގެން ނަމާދެއް ދޫކޮށްލެވިއްޖެ މީހާ ހަނދާންވި އިރަކުން އެ ނަމާދު ކުރާށެވެ.”

عَنْ أُمِّ سَلَمَةَ رَضِيَ اللَّهُ عَنْهَا أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ صَلَّى رَكْعَتَيْنِ بَعْدَ الْعَصْرِ فَسَأَلَتْهُ عَنْهُمَا فَقَالَ : ( إِنَّهُ أَتَانِي نَاسٌ مِنْ عَبْدِ الْقَيْسِ فَشَغَلُونِي عَنْ الرَّكْعَتَيْنِ اللَّتَيْنِ بَعْدَ الظُّهْرِ فَهُمَا هَاتَانِ ) . رواه البخاري (1233) ومسلم (834)މާނައަކީ: “ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޢަޞްރުފަހުން ދެރަކްޢަތް ކުރައްވާތީ ފެނިވަޑައިގެން އުންމު ސަލަމާ ރަޟިޔަﷲ ޢަންހާ ސުވާލުކުރެއްވުމުން ޙަދީޘް ކުރެއްވިއެވެ. “ޢަބްދުލްޤައިސް ގެ ގައުމުގެ މީހުން އިސްލާމްދީނާއިގެން ތިމަންކަލޭގެފާނު ގާތަށް އައުމުން މެންދުރުނަމާދު ފަހުގެ ދެރަކްޢަތަށް މަޝްޣޫލުވެވުނީއެވެ. އެހެންކަމުން ޢަޞުރުފަހުން އެދެރަކްޢަތް ކުރީއެވެ”.

عَنْ قَيْسِ بْنِ عَمْرٍو قَالَ رَأَى النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ رَجُلًا يُصَلِّي بَعْدَ صَلاةِ الصُّبْحِ رَكْعَتَيْنِ . فَقَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : أَصَلاةَ الصُّبْحِ مَرَّتَيْنِ ؟ فَقَالَ لَهُ الرَّجُلُ : إِنِّي لَمْ أَكُنْ صَلَّيْتُ الرَّكْعَتَيْنِ اللَّتَيْنِ قَبْلَهُمَا ، فَصَلَّيْتُهُمَا . قَالَ : فَسَكَتَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ . رواه ابن ماجه (1154) وصححه الألباني في صحيح ابن ماجه (948) ޤައިސް ބިން ޢަބްރުގެ ކިބައިން ރިވާވެގެންވެއެވެ. ފަތިސް ނަމާދުގެ ފަހުގައި މީހަކު ދެ ރަކްޢަތްކުރަނިކޮށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ފެނިވަޑައިގަތެވެ. ޙަދީޘް ކުރެއްވިއެވެ. “ފަތިސް ނަމާދު ދެފަހަރަށް ކުރަނީހޭ” އެމީހާ ބުންޏެވެ. ފަތިސްނަމާދުގެ ކުރީގެ ދެރަކްޢަތް ތިމަން ނުކުރަމެވެ. އެ ދެ ރަކްޢަތްކުރީއެވެ. ޤައިސް ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވ ވަސައްލަމަ އެއްޗެއް ވިދާޅުނުވެއެވެ. (އިޤްރާރުވެވަޑައިގަތެވެ/ އިންކާރު ނުކުރައްވައެވެ.)

މަރާޖިޢު:

المغني لابن قدامة(2/515)

المجموع للنووي(4/170)

مجموعية الفتاوى لشيخ الإسلام ابن تيمية (23/127).