ثلاثة الأصول 11

ދެންފަހެ،މަދީނާގައި ހަމަޖެހިވަޑައިގެންނެވުނު ހިނދު އިސްލާމްދީނުގެ ބާކީހުރި ޝަރީޢަތްތައް އަދާކުރުމަށް އަމުރުކުރެއްވުނެވެ. މިސާލަކަށް: ޒަކާތް،ރޯދަ،ޙައްޖު،ބަންގި،ޖިހާދު،ހެޔޮކަންކަމަށް އަމުރުކުރުމާއި މުންކަރާތްތައް ނަހީކުރުން ފަދަ އެހެންވެސް އިސްލާމީ ޝަރީޢަތްތަކެވެ. މިކަމުގައި ދިހަ އަހަރު ހޭދަކުރެއްވިއެވެ. އޭގެފަހުގައި އެކަލޭގެފާނު އަވަހާރަވިއެވެ. ﷲ އެކަލޭގެފާނަށް ޞަލަވާތާއި ސަލާމްލައްވާށިއެވެ. އަދި އެކަލޭގެފާނުގެ ދީން ދެމި އޮންނާނެއެވެ. އަދި އެކަލޭގެފާނުގެ ދީނަކީ މިއީއެވެ. އެކަލޭގެފާނުގެ އުންމަތަށް މަގުދައްކަވާފައިނުވާ އެއްވެސް ހެޔޮކަމެއް ނުވެއެވެ. އަދި އިންޛާރު ނުކުރައްވާ އެއްވެސް ނުބައިކަމެއް ނުވެއެވެ. އަދި އެކަލޭގެފާނު މަގުދައްކަވާފައިވާ ހެވަކީ ތައުޙީދެވެ. އަދި […]