[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ثلاثة الأصول 11

veynarueeދެންފަހެ،މަދީނާގައި ހަމަޖެހިވަޑައިގެންނެވުނު ހިނދު އިސްލާމްދީނުގެ ބާކީހުރި ޝަރީޢަތްތައް އަދާކުރުމަށް އަމުރުކުރެއްވުނެވެ. މިސާލަކަށް: ޒަކާތް،ރޯދަ،ޙައްޖު،ބަންގި،ޖިހާދު،ހެޔޮކަންކަމަށް އަމުރުކުރުމާއި މުންކަރާތްތައް ނަހީކުރުން ފަދަ އެހެންވެސް އިސްލާމީ ޝަރީޢަތްތަކެވެ. މިކަމުގައި ދިހަ އަހަރު ހޭދަކުރެއްވިއެވެ. އޭގެފަހުގައި އެކަލޭގެފާނު އަވަހާރަވިއެވެ. ﷲ އެކަލޭގެފާނަށް ޞަލަވާތާއި ސަލާމްލައްވާށިއެވެ. އަދި އެކަލޭގެފާނުގެ ދީން ދެމި އޮންނާނެއެވެ.

އަދި އެކަލޭގެފާނުގެ ދީނަކީ މިއީއެވެ. އެކަލޭގެފާނުގެ އުންމަތަށް މަގުދައްކަވާފައިނުވާ އެއްވެސް ހެޔޮކަމެއް ނުވެއެވެ. އަދި އިންޛާރު ނުކުރައްވާ އެއްވެސް ނުބައިކަމެއް ނުވެއެވެ. އަދި އެކަލޭގެފާނު މަގުދައްކަވާފައިވާ ހެވަކީ ތައުޙީދެވެ. އަދި ﷲ ލޯބިވެވޮޑިގަންނަވާ އަދި ރުއްސަވާވޮޑިގަންނަވާ ހުރިހާކަމެކެވެ. އަދި އެކަލޭގެފާނު އިންޛާރު ކުރައްވާފައިވާ ނުބަޔަކީ ޝަރީކު ކުރުމާއި ﷲ ރުހިވޮޑިގެންނުވާ އަދި އިންކާރުކުރައްވަވާ ހުރިހާކަމެކެވެ. ﷲ ތަޢާލާ އެކަލޭގެފާނު ފޮނުއްވެވީ އެންމެހާ މީސްތަކުންގެ ގާތަށެވެ. އަދި އެކަލޭގެފާނަށް ކިޔަމަންގަތުން އެންމެހާ ޖިންނީނަށާއި އިންސީންނަށް ފަރުޟުކުރެއްވިއެވެ. މީގެ ދަލީލަކީ ﷲ ތަޢާލާގެ ބަސްފުޅެވެ. قُلْ يَا أَيُّهَا النَّاسُ إِنِّي رَسُولُ اللَّهِ إِلَيْكُمْ جَمِيعًاالأعراف: ١٥٨.މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ! އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން،ތިމަންކަލޭގެފާނީ،ތިޔަބައިމީހުން އެންމެންގެ ގާތަށް ﷲ ފޮނުއްވި ރަސޫލާއެވެ.” އަދި އެކަލޭގެފާނު މެދުވެރިކުރައްވައި ދީން ފުރިހަމަކުރެއްވިއެވެ. އެކަމުގެ ދަލީލަކީ ﷲ ތަޢާލާގެ މިބަސްފުޅެވެ. الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًاالمائدة: ٣ މާނައީ: “އަދި މިއަދު ތިމަންއިލާހު ތިޔަބައިމީހުންނަށް ތިޔަބައިމީހުންގެ ދީން ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަންއިލާހު ތިޔަބައިމީހުންގެ މައްޗަށް ތިމަންއިލާހުގެ ނިޢުމަތް ފުރިހަމަކޮށްދެއްވައިފީމެވެ. އަދި އިސްލާމްދީން އެއީ ތިޔަބައިމީހުންގެ ދީންކަމުގައި،ތިމަންއިލާހު ރުހިވޮޑިގެންފީމެވެ.” އެކަލޭގެފާނު އަވަހާރަވިކަމުގެ ދަލީލަކީ ﷲ ތަޢާލާގެ މިބަސްފުޅެވެ. إِنَّكَ مَيِّتٌ وَإِنَّهُمْ مَيِّتُونَ ﴿٣٠﴾ ثُمَّ إِنَّكُمْ يَوْمَ الْقِيَامَةِ عِنْدَ رَبِّكُمْ تَخْتَصِمُونَ ﴿٣١﴾ -الزمر٣٠ – ٣١   މާނައީ: “ހަމަކަށަވަރުން ކަލޭގެފާނީ އަވަހާރަވާނޭ ބޭކަލެކެވެ. އަދި އެބައިމީހުންނީވެސް މަރުވާނޭ ބަޔެކެވެ. * ދެން އެއަށްފަހު ތިޔަބައިމީހުން ޤިޔާމަތްދުވަހުގައި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟުރަތުގައި ތިޔަބައިމީހުން ދެބަސްވެ ވާހަކަދައްކާނެއެވެ.” (ނުނިމޭ)