ﷲ ގެ ރަސޫލާގެ ސުންނަތް ސާފުކޮށް ފެންނާން އެބައޮތެވެ.

ޔަހޫދީންނާއި ނަސާރާއިން އެބައިމީހުންގެ ނަބީންގެ ސުންނަތްތައް ބަދަލުކޮށް ހެދުމުގެ ސަބަބުން، އެދެ ދީނުގެ އަސްލު ގެއްލި އޮޅުންފިލާން ނެތްކަމުގައިވީ ނަމަވެސް މުސްލިމުންގެ މާތް ނަބިއްޔާގެ ސުންނަތް އާދެ، އެނަބިއްޔާގެ ބަސްފުޅުތަކާއި ޢަމަލު ފުޅުތަކުގެ ޚަބަރު އަދި އަދަށް ދާންދެންވެސް ނުހަނު ސާފުކޮށް ފެންނާން އެބައޮތެވެ. އަދި ޤިޔާމަތާ ޖެހެންދެންވެސް އޮންނާނެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. تَرَكْتُ فِيكُمْ أَمْرَيْنِ لَنْ تَضِلُّوا مَا تَمَسَّكْتُمْ بِهِمَا كِتَابَ اللَّهِ وَسُنَّةَ نَبِيِّهِ–(موطأ كتاب القدر […]