ޠަހާރަތުގެ ތަޢުރީފާއި އަހައްމިއްޔަތާއި ޠަހާރަތުގެ ބައިތައް

ޠަހާރަތަކީ ނަމާދުގެ ތަޅުދަނޑިއެވެ. ނަމާދުގެ ޞައްޙަވުމުގެ ޝަރުޠުތަކުގެ ތެރެއިން ޝަރުޠެކެވެ. ޠަހާރަތު ބެހެނީ ދެބަޔަކަށެވެ. ފުރަތަމަ ބަޔަކީ މަޢުނަވީ ޠަހާރަތެވެ. އެއީ ޝިރުކާއި ފާފައިން ހިތް ޠާހިރުވެގެން ވުމެވެ. އަދި ހިތުގައި “ދަބަރުޖަހާ” އެންމެހާ ކަންތައްތަކުން ދުރުހެލިވެގެން ހުރުމެވެ. ހަށިގަނޑުގެ ސާފުޠާހިރުކަމަށްވުރެ ހިތުގެ ސާފުޠާހިރުކަން މާ މުހިއްމެވެ. އެއީ ހިތް ޝިރުކާއި ކުފުރާއި ފާފައިން މުޑުދާރުވެފައި، ހަށިގަނޑު ކިތަންމެ ވަރަކަށް ސާފުޠާހިރު ކުރިޔަސް އެސާފުޠާހިރުކަމުގެ ހަޤީޤީ މަންފާއެއް ނެތެވެ. އެ ހަށިގަނޑު ވެގެންދާނީ ނަރަކައިގެ ދަރުތަކުގެ ތެރެއިން […]