ނަރަކަ 2
ސުވަރުގެއާއި ނަރަކަ މިހާރުވެސް ވަނީ ހައްދަވާފައެވެ. އިމާމު އައްޠަޙާވީ އެކަލޭގެފާނުގެ ފޮތް ކަމުގައިވާ އަލްޢަޤީދަތުއް ޠަޙާވިއްޔާގައި ވިދާޅުވިއެވެ. ” ސުވަރުގެއާއި ނަރަކަ ވަނީ މިހާރުވެސް ހައްދަވާފައެވެ. މިދެތަން ދުވަހަކުވެސް ފަނާ ނުވާނެއެވެ. އަދި ނިމުމަކަށްވެސް ނާއްނާނެއެވެ. ހަމަކަށަވަރުން ﷲ ތަޢާލާ ސުވަރުގެއާއި ނަރަކަ އެހެން ޚަލްގުތަކުންނަށް ވުރެ ކުރިން ހެއްދެވިއެވެ. އަދި ކޮންމެ ތަނަކަށް ވެސް އެތަނެއްގެ އަހްލުވެރިން ހެއްދެވިއެވެ. އެކަލާނގެ އިރާދަ ކުރައްވާ ބަޔެއް އެކަލާނގެ ރަޙްމަތުން ސުވަރުގެ ވައްދަވައެވެ. އަދި އެކަލާނގެ އިރާދަ ކުރައްވާ […]