[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތަރުބިއްޔަތުގެ ލުޣަވީ މާނަ

ތަރުބިއްޔަތު މިލަފުޒަކީ ލުޣަވީ އެތައް މާނަތަކެއް ހިމެނޭ ލަފުޒެކެވެ. އޭގެ ތެރޭގައި 1- الإِصْلاَحُއިޞްލާޙުކުރުން: ޢަރަބި ބަހުގައި ރައްބަ މި ބަހުގެ އެއްމާނައަކީ އިޞްލާޙުކުރުމެވެ. އިޞްލާޙުކުރުމުގެ ތެރޭގައި އޭތި ހުންނަންޖެހޭ މިންވަރަށްވުރެ އިތުރަށް ރަނގަޅުކުރުން ނުހިމެނިދާނެއެވެ. އަދި ކުރިން ހުރި ވަރަށްވުރެ ބޮޑަށް އުނިވެފައިވާނަމަ އަރާ ހަމަކުރުމާއި، ރަނގަޅުކުރުން ހިމެނެއެވެ. އެއީ ފުރިހަމަކަމާއި ޢަދުލުވެރިކަމެވެ. އިޞްލާޙުގެ އިދިކޮޅަކީ ފަސާދައެވެ. 2- النَّماَ وَالزِّيَادَةُއައްނަމާ ވައްޒިޔާދަތު: ހެދިބޮޑުވުން އަދި އިތުރުވުން: ރަބާ ޔަރްބޫގެ މާނައަކީ ހެދިބޮޑުވެ އިތުރު ވުމެވެ. […]