[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތަރުބިއްޔަތުގެ ލުޣަވީ މާނަ

ތަރުބިއްޔަތު މިލަފުޒަކީ ލުޣަވީ އެތައް މާނަތަކެއް ހިމެނޭ ލަފުޒެކެވެ. އޭގެ ތެރޭގައި

1- الإِصْلاَحُއިޞްލާޙުކުރުން: ޢަރަބި ބަހުގައި ރައްބަ މި ބަހުގެ އެއްމާނައަކީ އިޞްލާޙުކުރުމެވެ. އިޞްލާޙުކުރުމުގެ ތެރޭގައި އޭތި ހުންނަންޖެހޭ މިންވަރަށްވުރެ އިތުރަށް ރަނގަޅުކުރުން ނުހިމެނިދާނެއެވެ. އަދި ކުރިން ހުރި ވަރަށްވުރެ ބޮޑަށް އުނިވެފައިވާނަމަ އަރާ ހަމަކުރުމާއި، ރަނގަޅުކުރުން ހިމެނެއެވެ. އެއީ ފުރިހަމަކަމާއި ޢަދުލުވެރިކަމެވެ. އިޞްލާޙުގެ އިދިކޮޅަކީ ފަސާދައެވެ.

2- النَّماَ وَالزِّيَادَةُއައްނަމާ ވައްޒިޔާދަތު: ހެދިބޮޑުވުން އަދި އިތުރުވުން: ރަބާ ޔަރްބޫގެ މާނައަކީ ހެދިބޮޑުވެ އިތުރު ވުމެވެ. ކީރިތި ޤުރުއާނުގެ މި އާޔަތަކީ މި މާނައިގާ އައިސްފައިވާ އާޔަތެކެވެ. وَتَرَى الْأَرْضَ هَامِدَةً فَإِذَا أَنزَلْنَا عَلَيْهَا الْمَاء اهْتَزَّتْ وَرَبَتْ وَأَنبَتَتْ مِن كُلِّ زَوْجٍ بَهِيجٍالحـج5 އަދި ބިންގަނޑު މަރުވެފައިވަނިކޮށް ތިބާ ދެކޭނެއެވެ. ފަހެ، އެ ބިމުގެ މައްޗަށް ތިމަންރަސްކަލާނގެ ވާރޭ ވެއްސަވައިފިހިނދު، އެ ބިމުގެ ގަސްތަކުގެ ޙަރަކާތްތައްފެށި، ގަސްތައް އިތުރުވެއެވެ. އަދި ހުރިހާ ބާވަތަކުން، ބަލާމީހާޔަށް އުފާލިބެނިވި ގަސްތައް ފަޅުވަތެވެ.

މިއާޔަތުގައި ރަބަތުގެ މާނައަކީ އިތުރުވުމެވެ.

3- نَشَأَ وَ تَرَعْرَعَނަޝައަ ވަ ތަރަޢްރަޢަ: ރަބިޔަ ޔަރްބާ އެއީ ޚަފިޔަ ޔަޚްފާގެ ވަޒަނެވެ. އޭގެ މާނައަކީ ހެދިބޮޑުވުމެވެ. ނުވަތަ އުޅެބޮޑުވުމެވެ. އިބްނުލް އަޢުރާބީގެ ބައިތެއްގައި ވެއެވެ.

فَمَنْ يكُ سائلاً عَنِّي فإِنِّي     بمَكَّة مَنْزِلي وبِها رَبِيتُ

އަހަރެންނާ ބެހޭގޮތުން ސުވާލުކުރި މީހަކަށް ބުނަމެވެ.

އަހަރެންގެ ރަށަކީ މައްކާއެވެ. އަހަރެން އުޅެބޮޑުވީ އެތާއެވެ.

މިބައިތުގައި رَبِيتُގެ މުރާދަކީ އުޅެ ބޮޑުވުމެވެ.

4- سَاسَهُ وَتَوَلَّى أَمْرَهُސިޔާސަތު ހިންގުން ނުވަތަ ކަމަކާ ޙަވާލުވުން. އަބޫ ސުފްޔާނު ވިދާޅުވިއެވެ. غَلَبَتْ وَاللهِ هَوازِنَ  ﷲ ގަންދީ ބުނަމެވެ. ހަވާޒިނު ވަންހައިގެ މީހުން މޮޅުވެއްޖެއެވެ. ޖަވާބުގައި ޞަފްވާން ބިން އުމައްޔާ ވިދާޅުވިއެވެ. فَوَاللَّهِ لأَنْ يَرُبَّنِي رَجُلٌ مِنْ قُرَيْشٍ أَحَبُّ إِلَيَّ مِنْ أَنْ يَرُبَّنِي رَجُلٌ مِنْ هَوَازِنَފަހެ ﷲ ގަންދީ ބުނަމެވެ. ޤުރައިޝު ވަންހައިގެ މީހަކު އަހަރެންގެ މައްޗަށް ވެރިވުން ނުވަތަ އަހަރެންގެ ކަންކަމާ ޙަވާލުވުން ހަވާޒިނު ވަންހައިގެ މީހަކު އަހަރެންގެ ކަންކަމާ ޙަވާލުވުމަށްވުރެ އަހުރެންނަށް ލޮބުވެތިކަން ބޮޑުވެގެންވެއެވެ.

މިތަނުގައި ޔަރުއްބަގެ މުރާދަކީ އޭނާގެ މައްޗަށް ވެރިވުން ނުވަތަ އޭނާގެ މައްޗަށް ބަޔަކު ސިޔާސަތު ހިންގުމެވެ.

5- التَّعْلِيمُއައްތަޢުލީމު- އިބްނު މަންޡޫރު ވިދާޅުވިއެވެ. ރައްބާނީ ނެގިފައިވަނީ ރައްބު މި ބަހުންނެވެ. އޭގެ މާނައަކީ ތަރުބިއްޔަތެވެ. އިބްނުލް އަޢުރާބީ ވިދާޅުވިއެވެ. ރައްބާނީ އަކީ ބޮޑެތި ޢިލްމު ކިޔަވާދިނުމުގެ ކުރިން ކުދި ޢިލްމު ކިޔަވައިދޭ ޢިލްމުވެރިޔާއެވެ.

ރައްބާނީ ޢިލްމުވެރިޔާއަކީ ޢިލްމަށް ފަރިތަ ޢިލްމުގައި މާހިރު މީހާއެވެ. އަދި އޭނާއަކީ އެ ޢިލްމު ﷲ ގެ ވަޖުހަށްޓަކައި ޙާޞިލުކުރި މީހާއެވެ.

ޚުލާޞާ

މި އިޞްޠިލާޙުތަކުން އަހަރެމެންނަށް އެނގުނުގޮތުގައި ތަރުބިއްޔަތު މި ލަފުޒުގެ ހުރިހާ މާނަތަކެއްވެސް އެނބުރެނީ އިޞްލާޙްކުރުމާއި ތަރުބިއްޔަތު ވެވޭ މީހުންގެ ކަންކަމާ ޙަވާލުވެގެން އެކަންކަމާ ތެދުވުމާއި އަދި ބެލެހެއްޓުމުގެ ދަށުގައިވާ މީހުން ބެލެހެއްޓުމާ މިދަ ކަންތައްތަކުގެ ވަށައިގެންނެވެ. އެހެންކަމުން ތަރުބިއްޔަތުގެ މަފްހޫމުގައި މިހުރިހާ ކަންކަމެއްވެސް ހިމެނިގެންވެއެވެ.

أصول التربية الإسلامية

أ.د. خالد بن حامد الحازمي

أستاذ التربية الإسلامية

الجامعة الإسلامية بالمدينة المنورة