ކީރިތި ޤުރުއާނުގައި ތަރުބިއްޔަތު
ތަރުބިއްޔަތު މި ލަފުޒު އަދި މި ލަފުޒުން ނެގޭ ބައެއް ލަފުޒުތައް ކީރިތި ޤުރުއާނުގައި އައިސްފައިވެއެވެ. އެއީ ދާދި ގާތްވެގެންވާ މާނަތަކެއްގައެވެ. 1- ޙިކުމަތް ނުވަތަ ތަޢުލީމު ނުވަތަ ޢިލްމު އުނގަންނައިދިނުމުގެ މާނައިގައެވެ. ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ. وَلكِنْ كُونُوا رَبَّانِيِّينَ بِما كُنْتُمْ تُعَلِّمُونَ الْكِتابَ وَبِما كُنْتُمْ تَدْرُسُونَ – آل عمران: آية 79 މާނައީ: “އެހެނެއްކަމަކު (އެމީހަކު ބުނާހުށީ) ތިޔަބައިމީހުން ފޮތުން އުނގަންނައިދީ އުޅުނު ތަކެތީގެ ސަބަބުންނާއި، ތިޔަބައިމީހުން […]