[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކީރިތި ޤުރުއާނުގައި ތަރުބިއްޔަތު

ތަރުބިއްޔަތު މި ލަފުޒު އަދި މި ލަފުޒުން ނެގޭ ބައެއް ލަފުޒުތައް ކީރިތި ޤުރުއާނުގައި އައިސްފައިވެއެވެ. އެއީ ދާދި ގާތްވެގެންވާ މާނަތަކެއްގައެވެ.

1- ޙިކުމަތް ނުވަތަ ތަޢުލީމު ނުވަތަ ޢިލްމު އުނގަންނައިދިނުމުގެ މާނައިގައެވެ. ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ.

وَلكِنْ كُونُوا رَبَّانِيِّينَ بِما كُنْتُمْ تُعَلِّمُونَ الْكِتابَ وَبِما كُنْتُمْ تَدْرُسُونَ آل عمران: آية 79

މާނައީ: “އެހެނެއްކަމަކު (އެމީހަކު ބުނާހުށީ) ތިޔަބައިމީހުން ފޮތުން އުނގަންނައިދީ އުޅުނު ތަކެތީގެ ސަބަބުންނާއި، ތިޔަބައިމީހުން އުނގެނި ދަސްކޮށް އުޅުނު ތަކެތީގެ ސަބަބުން، ތިޔަބައިމީހުން ރައްބާނީންނަށް (އެބަހީ: ދީންވެރި ޢިލްމުވެރިންނަށް) ވާށޭއެވެ!”

އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. މި އާޔަތުގައި ރައްބާނީންގެ މާނައަކީ ޙިކުމަތްތެރިންނާއި ޢިލްމުވެރިންނާއި ޙިލްމުވެރިންގެ ވާހަކައެވެ.(ابن كثير- تفسير القرآن العظيم 1/385)

ޟައްޙާކު ރަޙިމަހުﷲ ވިދާޅުވިއެވެ. މި އާޔަތުގައި تُعَلِّمُونَ(އުނގަންނައިދިނުމު) ގެ މާނައަކީ تُفَهِّمُونَ(ފަހުމުކޮށްދިނުމެވެ.) (ابن كثير- تفسير القرآن العظيم 1/385)

2- ބަލައި ބޮޑުކުރުމުގެ ނުވަތަ ބެލެހެއްޓުންތެރިކަމުގެ މާނައިގައެވެ. ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީކުރެއްވިއެވެ.

وَاخْفِضْ لَهُمَا جَنَاحَ الذُّلِّ مِنَ الرَّحْمَةِ وَقُلْ رَبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا- الإسراء 24-

އަދި އޯގާވެރިވުމުގެގޮތުން، ނިކަމެތިކަމުގެ ފިޔަ، ތިބާ އެ ދެމީހުންނަށްޓަކައި ތިރިކޮށްލާށެވެ! އަދި ބުނާށެވެ! އަޅުގެ ވެރިރަސްކަލާކޯއެވެ! ކުޑަކުއްޖަކު ކަމުގައި މިއަޅާވީދުވަހު، އެދެމީހުން މިއަޅާ ބަލައިބޮޑުކުރި ފަދައިން، އެ ދެމީހުންނަށް ރަޙްމަތް ލައްވައިފާނދޭވެ!

އަދިވެސް ވަޙީކުރައްވާފައިވެއެވެ.

قَالَ أَلَمْ نُرَبِّكَ فِينَا وَلِيدًا وَلَبِثْتَ فِينَا مِنْ عُمُرِكَ سِنِينَ –الشعراء 18-

އޭނާ (އެބަހީ: ފިރުޢައުނު މޫސާ ޢަލައިހިއްސަލާމަށް) ބުންޏެވެ. ތިބާ އުފަންވީއްސުރެން ފެށިގެން އަހުރެމެންގެ ތެރޭގައި ތިބާ ބަލައިބޮޑުކުރީ އަހުރެމެން ނޫންހެއްޔެވެ؟ އަދި ތިބާގެ ޢުމުރުން އެތައް އަހަރެއްވަންދެން އަހުރެމެންގެ ތެރޭގައި ތިބާ ހުރީމުއެވެ.”

އެހެންކަމުން މި ދެ އާޔަތުން އަހަރެމެންނަށް އެނގުނު ގޮތުގައި ތަރުބިއްޔަތުގެ ތެރޭގައި ރިޢާޔަތާއި އިޢާނަތު (ބެލެހެއްޓުންތެރިކަމާއި އަޅާލުން) ހިމެނިގެންވެއެވެ.

*****************************

أصول التربية الإسلامية

أ.د. خالد بن حامد الحازمي

أستاذ التربية الإسلامية

الجامعة الإسلامية بالمدينة المنورة