ސިޔާސަތަކީ ކޮބާ؟
ސިޔާސަތޭ ކިޔައިގެން އެކިމީހުން އެކި ވާހަކަތައް ދައްކަމުންދާއިރު، “ސިޔާސަތު” މިލަފްޒަކީ ޢަރަބި ބަހުގެ ލަފްޒެއްކަން އެނގެނީ އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުންނަށްތޯއެވެ؟ ޢަރަބި ބަހުގައި ލުޣަވީ ގޮތުން ސިޔާސަތުގެ މާނައަކީ ކަންކަން ރާވާ ހިންގުމެވެ. އަދި އިޞްޠިލާޙީގޮތުން ސިޔާސަތަކީ: “ވެރިކަން ކުރުމުގެ ނިޒާމާއި، ވެރިކަމަށް މީހަކު އިސްކުރެވޭ ގޮތާއި، ޙާކިމާގެ މައްޗަށްވާ ޙައްޤުތަކާއި ވާޖިބުތަކާއި، ރައްޔިތުންގެ މައްޗަށްވާ ޙައްޤުތަކާއި ވާޖިބުތަކާއި، ޙާކިމާއާއި ރައްޔިތުންނާއި ދެމެދުގައި އޮންނަ ގުޅުމާއި އަދި އަމާންކަމުގެ ޙާލަތާއި ހަނގުރާމައިގެ ޙާލަތުގައި ޤައުމުތަކުގެ މެދުގައި […]