ޝިރުކުގެ ބާވަތްތައް

ޝިރުކު ބެހިގެންވަނީ ދެބަޔަކަށެވެ. އެއީ ބޮޑުޝިރުކާއި ކުޑަޝިރުކެވެ. އަހަރެމެންކައިރީގައި މިވެނި ކަމަކީ ބޮޑު ޝިރުކުގެ ތެރޭގައި ހިމެނޭކަމެއް ނުވަތަ މިވެނިކަމަކީ ކުޑަޝިރުކުގެ ތެރޭގައި ހިމެނޭ ކަމެކޭ ބުނެވޭ ހިނދު އެކަން އެނގިފައި އޮތުމަށްޓަކައި އަދި އެ ދެ ބާވަތުގެ ޝިރުކުގެ ފަރަޤު އޮޅުންފިލުވުމަށްޓަކައި މި ދެބާވަތުގެ ޝިރުކު އަޅާކިޔާލަން އެބަޖެހެއެވެ. އަދި ޝަރުޢީ ނައްޞެއްގައި ޝިރުކު މި ކަލިމަ އައިސްފިނަމަ އެ ނައްޞުގެ ޝިރުކުގެ މުރާދަކީ ކުޑަ ޝިރުކުތޯ ނުވަތަ ބޮޑު ޝިރުކުތޯ އޭރުން ދެނެގަނެވޭނެއެވެ. ތިރީގައި […]