ޙަޔާތުގެ ކޮންމެ ދުވަހެއްގައި ތިބާގެ އެންމެ ގާތް އެކުވެރިއަކީ ކޮބައި ހެއްޔެވެ؟

އާނއެކެވެ! ތިބާގެ އެންމެ ގާތް އެކުވެރިއެއް ކަމުގައި ހަދަންވީ ތިބާއާއި އެކު އަބަދުވެސްވާނޭ، ތިބާވީ ކޮންމެތަނެއްގައި ތިބާއަށް އުފާވެރިކަމާއި ބާއްޖަވެރިކަން ގެނެސްދޭނޭ، ތިބާއަށް ކުޑަވެސް ގެއްލުމެއް ގޯނާއެއް ނުދޭނޭ، ތިބާޔަށް ދުވަހަކުވެސް ޚިޔާނާތްތެރި ނުވާނޭ، ތިބާ މަރުވެ ދިއުމަށްފަހުވެސް ތިބާއާއިއެކުގައިވާނޭ، ދުނިޔެއާއި އާޚިރަތުގައިވެސް ތިބާއަށް ޝަފާޢަތްތެރިވާނޭ اللهގެ ކަލާމްފުޅު، “ކީރިތި ޤުރްއާން” އެވެ. الْحَمْدُ لِلّـهِ الذِّي جَعَلَنَا مِنَ الْمُسْلِمِيْن.
ތާބިޢީންގެ ތެރެއިން ތަފްސީރު ޢިލްމަށް މަޝްހޫރު ބޭކަލުން

ތާބިޢީންގެ ތެރެއިން ގިނަ ބޭކަލުންތަކެއް ތަފްސީރު ޢިލްމުގައި މަޝްހޫރުވެފައިވެއެވެ. އެބޭކަލުންނަކީ ޞަޙާބީންގެ ތެރެއިން ތަފްސީރު ޢިލްމުގައި އަރާހުންނެވި ބޭބޭކަލުންނަށް ދަރިވަރުވެވަޑައިގެންނެވި ބޭކަލުންނެވެ. އެގޮތުން ތާބިޢީންގެ ތެރެއިން މަޝްހޫރު ތަފްސީރު ޢިލްމުވެރިންނަކީ: 1- މުޖާހިދު ބުނު ޖަބަރު ރަޙިމަހުﷲ 2- ސަޢީދު ބުނު ޖުބައިރު ރަޙިމަހުﷲ 3- ޢަޠާ ބުނު އަބީ ރަބާޙް ރަޙިމަހުﷲ 4- ޢިކްރިމާ ރަޙިމަހުﷲ 5- ޙަސަނުލް ބަޞަރީ ރަޙިމަހުﷲ 6- ޒައިދު ބުނު އަސްލަމް ރަޙިމަހުﷲ 7- ޤަތާދަތު ރަޙިމަހުﷲ