އާނއެކެވެ! ތިބާގެ އެންމެ ގާތް އެކުވެރިއެއް ކަމުގައި ހަދަންވީ ތިބާއާއި އެކު އަބަދުވެސްވާނޭ، ތިބާވީ ކޮންމެތަނެއްގައި ތިބާއަށް އުފާވެރިކަމާއި ބާއްޖަވެރިކަން ގެނެސްދޭނޭ، ތިބާއަށް ކުޑަވެސް ގެއްލުމެއް ގޯނާއެއް ނުދޭނޭ، ތިބާޔަށް ދުވަހަކުވެސް ޚިޔާނާތްތެރި ނުވާނޭ، ތިބާ މަރުވެ ދިއުމަށްފަހުވެސް ތިބާއާއިއެކުގައިވާނޭ، ދުނިޔެއާއި އާޚިރަތުގައިވެސް ތިބާއަށް ޝަފާޢަތްތެރިވާނޭ اللهގެ ކަލާމްފުޅު، “ކީރިތި ޤުރްއާން” އެވެ.
الْحَمْدُ لِلّـهِ الذِّي جَعَلَنَا مِنَ الْمُسْلِمِيْن.