އިސްލާމީ އަޚުލާޤު
އިސްލާމްދީން ރިވެތި އަޚުލާޤަށް ތާއިދުކުރުމާއެކު މާތް އަޚްލާޤުގެ މަތީގައި މުސްލިމުން ތަރުބިއްޔަތު ކުރުމަށް ވަރަށްބޮޑު އަހަންމިޔަތުކަމެއްދެއެވެ. އަދި ތަރުބިއްޔަތުގެ ރޫޙާނީ އުސޫލުތައް ދޫކޮށްލާފައި ހަމައެކަނި މާއްދިއްޔަތަށް ލެނބުމާއި މާއްދިއްޔަތަށް ލެނބުމަށް ގޮވާލެވޭ ގޮވާލުންތައް ބާޠިލުކުރުމަށް ގަދައަޅާ މަސައްކަތްކުރެއެވެ. ހަމައެކަނި މާއްދިއްޔަތަށް ތާއީދުކުރާ މީހުން ދެކޭގޮތުގައި، އިންސާނީ ތާރީޚަކީ ކާބޯތަކެތި ހޯދުމުގެ ތާރީޚެކެވެ. އާދެ ޝަހުވަތުގެ ތާރީޚެވެ. މާއްދީ އަދި އިޤުތިޞާދީ ބާރަކީ އިންސާނާގެ ޙަޔާތުގެ މިޞްރާބު ޢައްޔަން ކޮށްދޭ އަދި ފިކުރުތަކާ ޢަޤީދާތައް އޭގެ މަތީގައި ބިނާވެފައިވާ […]