އަލްޖާހިލިއްޔަތު އަލްފިސްޤު – މިކަންކަމުގެ ބައިތަކާއި ޙުކުމްތަކާއި ޙަޤީޤަތް ބަޔާންކޮށްދިނުން 3

2- އަލްފިސްޤު: (ފާސިޤުކަން) ބަހުގެ އަޞްލަށް ބަލާއިރު އަލްފިސްޤު އަކީ އަލްޚުރޫޖުއެވެ. އެބަހީ ނުކުތުމެވެ. ޝަރީޢަތުގައި އޭގެ މުރާދަކީ ﷲ ގެ ކިޔަމަންތެރިކަމުން ނުކުތުމެވެ. އެކީ އެކަށް ނުކުތުމުގެ މާނަވެސް އެކުލެވިގެންވެއެވެ. އެގޮތަކީ ސީދާ ކާފަރުންނަށްވެސް ފާސިޤުންނޭ ކިޔާ މާނައިގައެވެ. އަދި އެއްބަޔެއް ނުކުތުމުގެ މާނަވެސް އެކުލެވިގެންވެއެވެ. އެހެނީ ބޮޑުފާފަތަކުގެ ތެރެއިން ފާފައަކަށް އަރައިގަންނަ މުއުމިނަކަށްވެސް ފާސިޤު ކިޔާ މާނައިގައެވެ. ވީމާ، މި ލަފުޒު ޝަރީޢަތުގައި އިސްތިޢުމާލުކުރެވެނީ ޝަރީޢަތުން އެކަށް ނުކުތުމުގެ މާނައިގަތްޔާއި ޝަރީޢަތުގެ އެއްބައިން ނުކުތުމުގެ […]