[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޤިޔާމަތްވުމުގެ ޢަލާމާތްތައް (أَشْرَاطُ السَّاعَةِ) – 16 “ތިންވަނަ ބަހުޘް”

ތިންވަނަ ބަޙުޘް: ޢަޤީދާގެ މައްސަލަތަކުގައި އާޙާދު ޙަދީޘްއަކީ ޙުއްޖަތެއް. މިބަޙުޘްއަކީ ޤިޔާމަތުގެ ޢަލާމާތްތަކާބެހޭ މައުޟޫޢުގައި ޙުކުމް ކުރުމުގައި މުހިންމު ގުޅުމެއްވާ ބަޙުޘްއެކެވެ. އެހެނީ ޤިޔާމަތުގެ ގިނަ ޢަލާމާތްތައް އައިސްފައިވަނީ އާޙާދު ޙަދީޘް[1] ތަކުގައެވެ. އަދި އަހްލުލް ކަލާމް[2]ގެ ބައެއް ޢިލްމުވެރިންނާއި އުޞޫލުގެ[3] ބައެއް ދަންނަބޭކަލުން ބުރަވެވަޑައިގެންފައިވާކަން ކަށަވަރީ، ޢަޤީދާގެ މައްސަލަތައް އާޙާދު ޙަދީޘުން ޘާބިތު ނުކުރެވޭނޭ ކަމުގެ މައްޗަށެވެ. އަދި އެކަން ހަމައެކަނި ޘާބިތު ކުރެވޭނީ ޤުރުއާނުގެ އާޔަތުންނާއި ރަސޫލުﷲ صلى الله عليه وسلم ގެ […]