مادة التوحيد ٤ (ف 1 ، د 4 – تَوْحِيْدُ الرُّبُوْبِيَّة)
تَوْحِيْدُ الرُّبُوْبِيَّة އަކީ: ﷲ ތަޢާލާގެ ޢަމަލުފުޅުތަކުގައި އެއިލާހު އެއްކައުވަންތަކުރުމެވެ.
ޤިޔާމަތްވުމުގެ ޢަލާމާތްތައް (أَشْرَاطُ السَّاعَةِ) – 17 “ތިންވަނަ ބަހުޘް”
އަދި އިބްނު ތައިމިއްޔާ -رحمه الله- ވިދާޅުވެފައިވެއެވެ. [އެބަސްފުޅުގެ މާނައީ] “ސުންނަތެއް ޘާބިތުވެއްޖެނަމަ، ފަހެ އެއަށް ތަބާވުން ވާޖިބުވެގެންވާ ކަމުގައި އެންމެހާ މުސްލިމުން ވަނީ އިއްތިފާޤުވެފައެވެ.” އަދި އެކަހެރި ޚަބަރާމެދު (އެބަހީ: އާޙާދު ޙަދީޘާމެދު) އިންކާރުކުރާ ފަރާތްތަކަށް ރައްދު ދެއްވަމުން އިބްނުލްޤައްޔިމް -رحمه الله- ވިދާޅުވެފައި ވެއެވެ. [އެބަސްފުޅުގެ މާނައީ] “މީގެ ތެރޭގައި ޞަޙާބީބޭކަލުން އެއްބަޔަކު އަނެއްބަޔަކަށް ޚަބަރު ދެއްވުން ހިމެނިގެންވެއެވެ. ފަހެ ރަސޫލުﷲ صلى الله عليه وسلمގެ އަރިހުން އެކަމަކާ ބެހޭގޮތުން، އެއްބޭކަލަކު އަނެއްބޭކަލަށް ގެނެސްދެއްވާ ވާހަކަތަކުގައި […]