ޤިޔާމަތްވުމުގެ ޢަލާމާތްތައް (أَشْرَاطُ السَّاعَةِ) – 22 “ހަތަރުވަނަ ބަހުޘް”

ހަތަރުވަނަ ބަޙުޘް ރަސޫލުﷲ صلّى الله عليه وسلّم ޚަބަރު ކުރައްވާފައިވާ، ޣައިބުގައިވާ މުސްތަޤްބަލުގެ ޚަބަރުތައް. ހަމަކަށަވަރުން ޤިޔާމަތްވުމާ ހަމައަށް ހިނގާނޭ އެންމެހާ ކަންކަމުގެ ޚަބަރު ނަބިއްޔާ صلى الله عليه وسلم ވަނީ ދެއްވާފައެވެ. އަދި އެއީ ޣައިބުގައިވާ މުސްތަޤްބަލުގެ ޚަބަރުތަކުގެ ތެރެއިން އެކަލޭގެފާނަށް މާތް ﷲ އަންގަވާފައިވާ ކަންކަމެވެ. މިބާބުގައިހުރި ޙަދީޘްތައް ގިނަގުނަވެގެން ވެއެވެ. މާނައިގެ ގޮތުން މުތަވާތިރު ދަރަޖައަށް މިޙަދީޘްތައް ފޯރާފައިވެއެވެ. ފަހެ އޭގެތެރޭގައި ޙުޛައިފާ رضي الله عنه ރިވާކުރައްވާ ވިދާޅުވެފައިވާ […]