ޤަޟާޙާޖަތްކުރާމީހާ ކުރުން މަކްރޫހަވެގެންވާ ކަންކަން

ޤަޟާ ޙާޖަތްކުރަން އިންނައިރު ކުރިމަތީގައި ހުރަހެއް ނެތްނަމަ ވައިޖެހޭ ދިމާއަށް ކުރިމަތި ލައިގެން އިނުމަކީ މަކްރޫހަކަމެކެވެ. އެއީ ކުޑަކަމުދާތަކެތި ގަޔާދިމާއަށް ނައުމަށްޓަކައެވެ. އަދި ޤަޟާ ޙަޖަތްކުރަން އިންނައިރު ވާހަކަދެއްކުމަކީވެސް މަކްރޫހަކަމެކެވެ. مَرِّ رَجُلٌ وَالنَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ يَيُولُ فَسَلَّمَ عَلَيْهِ فَلَمْ يَرُدُّ عَلَيْهِ [رواه مسلم برقم 370] ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކުޑަކަމުދާން އިންނަވަނިކޮށް އެކަލޭގެފާނުގެ ކައިރިން ދަމުން މީހަކު ސަލާމްގޮވާލިއެވެ. ފަހެ އެކަލޭގެފާނު އޭނާއަށް ސަލާމުގެ ރައްދު […]
ކާފިރުކަމުގެ ތަޢުރީފާއި އޭގެ ވައްތަރުތައް 2

ކާފަރުކަމުގެ ދެވަނަ ވައްތަރަކީ: އެކަމުން ދީނުން ބޭރުނުވާ ކުޑަ ކާފަރުކަމެވެ. އެއީ ޢަމަލީ ކާފިރުކަމެވެ. އަދި އެއީ ކީރިތި ޤުރްއާނާއި މާތްވެގެންވާ ސުންނަތުގައި ކާފިރުގެ ނަމުން ނަން ކިޔާފައިވާ ފާފަތަކެވެ. އަދި އެކަން ބޮޑު ފާފައިގެ ދަރަޖައަށް ވާސިލުނުވާ ކަންކަމެވެ. އެއީ އަންނަނިވި އާޔަތުގައި އެވާފަދައިން ނިޢުމަތަށް ކާފަރުވުމެވެ. ﷲ ތަޢާލާ ޥަޙީ ކުރައްވާފައިވެއެވެ. ﴿ وَضَرَبَ اللهُ مَثَلًا قَرْيَةً كَانَتْ آَمِنَةً مُطْمَئِنَّةً يَأْتِيهَا رِزْقُهَا رَغَدًا مِنْ كُلِّ مَكَانٍ فَكَفَرَتْ بِأَنْعُمِ […]