ޤިޔާމަތްވުމުގެ ޢަލާމާތްތައް (أَشْرَاطُ السَّاعَةِ) – 24 “ފަސްވަނަ ބަހުޘް”
އަދި ހަމައެފަދައިން ޤިޔާމަތް ކުޑަތަންވެފައި ވަނިކޮށް ޢީސާ عليه السلام ފައިބައިވަޑައިގަތުމީ ޤިޔާމަތުގެ ބޮޑެތި ޢަލާމާތްތަކުގެ ތެރެއިން ކަމަކަށްވެފައި، އެކަލާގެފާނަށްވެސް ޤިޔާމަތް ވާނެ ވަޤުތެއް އެނގިވަޑައިގެން ނުވެއެވެ. އެއީ އަންނަނިވި ފަދައިންނެވެ. އަލްއިމާމު އަޙްމަދު، އިބްނު މާޖާ އަދި އަލްޙާކިމް، ޢަބްދުﷲ ބިން މަސްޢޫދު رضي الله عنهގެ އަރިހުން ރިވާކުރައްވާފައިވެއެވެ. ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން އެކަލޭގެފާނު [ރިވާކުރެއްވިއެވެ]: ޙަދީޘް ކުރެއްވިއެވެ. ((لَقِيتُ لَيْلَةَ أُسْرِيَ بِي إِبْرَاهِيمَ، وَمُوسَى، وَعِيسَى)) قَالَ: […]