ދަތް އުނގުޅުން ސުންނަތްކަން ގަދަވެގެންވާ ވަގުތުތައް

ވުޟޫ ކުރަންފަށާއިރުގައްޔާއި ނިދީން ހޭލާ ހިނދުގައްޔާއި އަނގައިގެ ވަސް ތަޣައްޔަރުވާ ހިނދުގައްޔާއި ޤުރުއާން ކިޔަވަން ފެށުމުގެ ކުރިންނާއި ނަމާދުކުރަން ފެށުމުގެ ކުރީން، ހަމައެފަދައިން ގެއަށް ވަންނަ އިރަކީވެސް ދަތްއުނގުޅުން ސުންނަތްކަން ގަދަވެގެންވާ ވަޤުތުތަކެވެ.
ޤިޔާމަތްވުމުގެ ޢަލާމާތްތައް (أَشْرَاطُ السَّاعَةِ) – 27 “ފަސްވަނަ ބަހުޘް”

އަދި ހަދާފައިވާ ޙަދީޘްއެއްކަން އަންގައިދޭ ޢާންމު ޤަވާޢިދުތަކެއް “المَنَارُ المُنِيْف” [ފޮތުގައި] އިބްނުލްޤައްޔިމް -رحمه الله- ޛިކުރު ކުރައްވާފައި ވެއެވެ. ފަހެ ވިދާޅުވިއެވެ. [އެބަސްފުޅުގެ މާނައީ:] “އޭގެތެރޭގައި ޤުރުއާނުގެ ޞަރީޙަ ނައްޞާއި ޙަދީޘް ފުށުއެރުން ހިމެނެއެވެ. އެއީ މިޘާލަކަށް ދުނިޔޭގެ މިންވަރު ބަޔާންކޮށްދޭ ޙަދީޘްއެވެ. އެއީ ހަތްހާސް އަހަރު ކަމުގައި ބުނެފައި އެ ޙަދީޘްގައިވެކެވެ. އަޅުގަނޑުމެން މިވަނީ ހަތްވަނަ ހާސްއަހަރުގައި ކަމުގައި ވީހިނދު މިއީ އެންމެ ބާޔާންކަންބޮޑު ދޮގެވެ. އެހެނީ އެއީ ތެދެއް ކަމުގައި ވާނަމަ އަޅުގަނޑުމެންގެ މިވަޤުތުންފެށިގެން […]