އިސްލާމީ ތަރުބިއްޔަތުގެ ޢިލްމު 1

އިސްލާމްދީނަކީ ތަރުބިއްޔަތަށް ވަރަށްބޮޑަށް ބާރުއަޅާ ދީނެކެވެ. އިސްލާމީ ޝަރީޢަތުގެ ވަރަށް ގިނަ ބައިތަކަކީ ތަރުބަވީ ޢަމަލުތަކެވެ. އިސްލާމްދީނަކީ ހަމައެކަނި ޢިލްމާ މަޢުރިފާގެ މައްޗަށް ބިނާވެފައިވާ ދީނެއް ނޫނެވެ. އަދި ކިއެއްތަ އެއީ ޢަމަލީ ދީނެކެވެ. ޢިލްމަކީ އެ ޢަމަލަށް ވާޞިލްކޮށްދޭ މެދުވެރިޔާއެވެ. މާތް ﷲ މި ބިންމައްޗަށް އަޅުގަނޑުމެން އިންސާނުންނަށް ތެދުމަގު ދެއްކެވުމަށްޓަކައި ފޮނުއްވި ނަބިއްޔުންނާއި ރަސޫލުން ކުރެއްވި ހަމައެކަނި ކަމަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ އެބޭކަލުން މެދުވެރިކުރައްވައި އުންމަތްތަކުގެ މައްޗަށް ބާވައިލެއްވި ފޮތްތައް ކިޔަވައިދިނުމާއި ޝަރީޢަތް […]
ޤިޔާމަތްވުމުގެ ޢަލާމާތްތައް (أَشْرَاطُ السَّاعَةِ) – 37 “މުދަލާއި ފައިސާ ގިނަވެ، ޞަދަޤާތުގައި ހިފާނެ މީހަކު ނުވުން.”

5. މުދަލާއި ފައިސާ ގިނަވެ، ޞަދަޤާތުގައި ހިފާނެ މީހަކު ނުވުން. އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. ﷲގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ((لاَ تَقُومُ السَّاعَةُ حَتَّى يَكْثُرَ فِيكُمُ الْمَالُ، فَيَفِيضَ، حَتَّى يُهِمَّ رَبَّ الْمَالِ مَنْ يَقْبَلُهُ مِنْهُ صَدَقَةً، وَيُدْعَى إِلَيْهِ الرَّجُلُ، فَيَقُولُ: لاَ أَرَبَ لِي فِيهِ))[1] މާނައީ: “ތިޔަބައިމީހުންގެ ތެރޭގައި މުދާ ގިނަވެއްޖައުމަށް ދާންދެން ޤިޔާމަތް ޤާއިމް ނުވާހުއްޓެވެ. […]