އިސްލާމީ ތަރުބިއްޔަތުގެ ޢިލްމު 2
ނަބަވީ މި ތަރުބިއްޔަތުގެ ސަބަބުން މުޅި ދުނިޔޭގެ ތާރީޚު ބަދަލުވެގެން ދިޔައެވެ. އިންސާނީ ޙަޔާތް އެފުށް މިފުށަށް ޖެހިގެން ދިޔައެވެ. ހަނގުރާމައާއި ދެކޮޅުވެރިކަމުގެ ތެރޭގައިވި މުޖުތަމަޢު، ޞުލްޙަވެރިކަމާއި އެއްބައިވަންތަ މުޖުތަމަޢަކަށް ވެގެންދިޔައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަވަހާރަވެވަޑައިގަތުމަށްފަހުގައި ތާބިޢީންގެ ޖީލު ތަރުބިއްޔަތު ކުރެއްވީ އެކަލޭގެފާނުގެ މަތިވެރި ޞަޙާބީންނެވެ. ތާބިޢީން ތެރެއިން ނުކުމެވަޑައިގެންނެވި ބޮޑެތި ބޮޑެތި ޢިލްމުވެރިންގެ އުސްތާޛުންނަކީ ޞަޙާބީންގެ މަސައްކަތުގެ މޭވާއެވެ. ތަރުބިއްޔަތުގެ މައިދާނުގައި އަޅުގަނޑުމެން ނަމޫނާއަކަށް މި ބަލާ ތާބިޢީންނާއި އެބޭކަލުންނަށް ފަހުގައި ވަޑައިގެންނެވި…