ﷲ ލޯބިވެވޮޑިގަންނަވާ މީހުން
الحمد لله والصلاة والسلام على رسول الله ﷲ ތަޢާލާ އަހަރެމެން ދެކެ ލޯބިވެވޮޑިގަންނަވަނީ އަހަރެމެންގެ ކިބައިގައި ކޮންކޮން ޞިފަތަކެއް ހުރެގެން ހެއްޔެވެ؟ الإحــــســـــــان : އިޙްސާންކަން: އިޙްސާންތެރިންނަކީ އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާ ދެކެދެކެހުރެ އަޅުކަންކުރާފަދައިން އެއިލާހަށް އަޅުކަންކުރާ މީހުންނެވެ. އެހެނީ އެމީހާއަށް އެއިލާހު ނުފެނުނުކަމުގައިވިޔަސް އެއިލާހު އޭނާ ދެކެދެނެވޮޑިގެންވެއެވެ. އިޙްސާންތެރިކަމަކީ އެއީ ސިއްރާއި ފާޅުގައި ﷲ ތަޢާލާ ތިބާ މުރާޤަބާކުރައްވާކަން ޤަބޫލުކުރުމެވެ. އަދި ބަސްބުނުމުގަޔާއި ޢަމަލުކުރުމުގައި އެކަމަށް ރިޢާޔަތްކުރުމެވެ. އެއީ ޢަމަލުތައް އޭގެ…