ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަދެކެ ލޯބިވުމުގެ ނަތީޖާ

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެކެ ލޯބިވުމުގެ ޘަވާބެއްގެ ގޮތުން އެކަލޭގެފާނާއެކު ސުވަރުގޭގައިވުން އަހަރެމެންނަށް ޙާޞިލްކުރެވޭނެކަމަށް ޞައްޙަ ޙަދީޘުން ސާބިތުވެފައިވެއެވެ. فَقَدْ سَأَلَهُ رَجُلٌ عَنِ السَّاعَةِ؟ فَقَالَ: ))ما أَعْدَدْتَّ لهَاَ؟(( قَالَ: يَا رَسُولَ اللهِ: مَا أَعْدَدْتُ لَهاَ كَبِيرَ صِيَامٍ، وَلاَ صَلاَةٍ، وَلاَ صَدَقَةٍ، وَلَكنِّي أُحِبُّ اللهَ وَرَسُولَهُ، قَالَ: ))فَأَنْتَ مَعَ مَنْ أَحْبَبْتَ(( [ البخاري برقم (617)، ومسلم برقم)2639(]. قَالَ أَنَسٌ: فَمَا […]
ނަމާދުގެ ޤަދަރު މަތިވެރިކުރުން 10

އިންސާނާގެ މައްޗަށް ޝައިތާނާގެ ހިތުގައިވާ ޢަދާވާތްތެރިކަމާއި ޙަސަދަވެރިކަން އަދި އިންސާނާ މަގުފުރައްދާލުމަށް ޝައިތާނާގެ ހިތުގައިވާ ވަރުގަދަ ޢަޒުމް ﷲ ތަޢާލާ މޮޅަށް ދެނެވޮޑިގެންވާތީވެ، އަދި އިންސާނާގެ ބަލިކަށިކަމާއި ނިކަމެތިކަން ﷲ ތަޢާލާ މޮޅަށްދެނެވޮޑިގެންވާ ކަމަށްޓަކައި ޝައިތާނާގެ ނުބައިކަމުން ރައްކާތެރިކޮށްދެއްވުމަށް އެދި ﷲ ގެ ޙަޟްރަތުގައި ދެންނެވުމަށް އެއިލާހުވަނީ އަންގަވާފައިވެއެވެ. ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ “ނަޢަމްސޫފި ގެންގުޅޭމީހަކު އެތަކެތީގެ ޙިމާޔަތަށްޓަކައި ގެންގުޅޭ ކުއްތާއެއްގެ ނުރައްކާ ތިބާއަށް ކުރިމަތިވެއްޖެނަމަ އޭއްޗާއި ހަނގުރާމަކޮށް ފައްސާލަން ނޫޅޭށެވެ. އޭގެ […]