ނަމާދުގެ ޤަދަރު މަތިވެރިކުރުން 12

ނަމާދުގެ ސިއްރަކީ އަދި ރޫޙަކީ އަޅާގެ ހިތް ﷲ ތަޢާލާއަށް ކުރިމަތިލުމެވެ. ނަމާދުގައި އަޅާ ވާހިނދު ޤިބްލައިން އެއްފަރާތްވުން ހުއްދަވެގެންނުވާ ފަދައިން ނަމާދުގައި ވާހިނދު އަޅާގެ ހިތްވެސް ﷲތަޢާލާ ހަނދުމަކުރުމުން އެއްފަރާތްވުން ހުއްދަވެގެން ނުވެއެވެ. އަޅާގެ މޫނާއި ޖިސްމުގެ ޤިބްލައަކީ ކަޢްބަތުﷲ ގެފުޅު ކަމުގައި ހަދައި، އަޅާގެ ހިތާއި ރޫހުގެ ޤިބްލައަށް ވާންޖެހެނީ ކަޢްބަތުﷲ ގެފުޅުގެ ވެރި ކީރިތިވަންތަ ﷲއެވެ. ފަހެ އަޅާ ﷲއަށް ކުރިމަތިލާ މިންވަރަކަށް މެނުވީ އަޅާއަށް ﷲ ތަޢާލާ ކުރިމަތިނުލައްވާ ހުއްޓެވެ. އެބަހީ […]