ރަސޫލު ބޭކަލުންގެ މަސްއޫލިއްޔަތު.

” މީސްތަކުންވަނީ ސާފު ސީދާވެގެންވާ ފިޠުރަތުގެ މަތީގައިވާ އެއް އުއްމަތެއްކަމުގައެވެ. ދެންއެޔަށްފަހު ޝައިޠާނުންތައް އެބައިމީހުންގެ މަގާއި ދެކޮޅު ހަދާ މީހުން ސާފުސީދާވެގެންވާ ތެދުމަގުން އަނބުރާލިއެވެ. ދެން ﷲ ( ސުބުޙާނަހޫ ވަތަޢާލާ) ހެޔޮޚަބަރާއިގެން އަދި އިންޒާރާއިގެން ނަބީބޭކަލުން ފޮނުއްވިއެވެ. އަދި ޝައިތާނާ އިންސާނުންނަށް ވަސްވާސްދިނުމާއި މަގުފުރެއްދުމުގައި (އިންސާނާކައިރީ) ދެމިހުރެއެވެ. އިންސާނުންގެ ތެރެއިން އެބައިމީހުންގެ ޖިންސުން އެހީތެރީންތަކެއް ފޮނުއްވުމަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރަޙުމަތުގެ ތެރޭން ހިމެނޭކަމެކެވެ. އެބައިމީހުންނަށް ހެޔޮކަންކަމަށް ގޮވާލައި، އަދި ފިތުނަ ތަކާއި މެދު އިންޒާރުދީ […]
ނިޔަތުގެ ޙަދީޘްގެ ފައިދާތައް 2

13- އިޚްލާޞްތެރިކަން ނެތުމަކީ ޢަމަލު ބާޠިލުވާކަމެކެވެ. 14- ދުނިޔެއާއި ދުނިޔޭގެ ޝަހުވަތްތެރިކަމާމެދު ރައްކާތެރިވާން އެބަޖެހެއެވެ. ދުނިޔެއަށްޓަކައި ހިޖުރަކުރި މީހާއާ ﷲ އަށްޓަކައި ހިޖުރަކުރި މީހާ ހަމަހަމައެއް ނުވާނެއެވެ. 15- ނިޔަތުގެ ދެ ބޭނުމެއް ޢިލްމުވެރިން ފާހަގަކުރައްވައެވެ. އެއްބޭނުމަކީ އާދަކޮށް ކުރާ ކަންތައްތަކާއި އަޅުކަންތައްތައް ވަކިކުރުމެވެ. އޭގެ މިސާލަކީ ޢާއްމު ދިރިއުޅުމުގައި މީހަކު ފެންވަރާ ފެންވެރުމާއި ޖުނުބުވެރިކަމުން ނުވަތަ ޙައިޟުވެރިކަމުން ނުވަތަ ނިފާސްވެރިކަމުން އަރައިގަތުމަށް މީހަކު ފެންވަރާ ފެންވެރުމެވެ. (ހިނައިގަތުމެވެ) މި ދެކަމުގެ ތަފާތަކީ ނިޔަތެވެ. ދެކަމުގެ ކައިފިއްޔަތު […]