[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ރަސޫލު ބޭކަލުންގެ މަސްއޫލިއްޔަތު.

amrubilmauroof” މީސްތަކުންވަނީ ސާފު ސީދާވެގެންވާ ފިޠުރަތުގެ މަތީގައިވާ އެއް އުއްމަތެއްކަމުގައެވެ. ދެންއެޔަށްފަހު ޝައިޠާނުންތައް އެބައިމީހުންގެ މަގާއި ދެކޮޅު ހަދާ މީހުން ސާފުސީދާވެގެންވާ ތެދުމަގުން އަނބުރާލިއެވެ. ދެން ﷲ ( ސުބުޙާނަހޫ ވަތަޢާލާ) ހެޔޮޚަބަރާއިގެން އަދި އިންޒާރާއިގެން ނަބީބޭކަލުން ފޮނުއްވިއެވެ. އަދި ޝައިތާނާ އިންސާނުންނަށް ވަސްވާސްދިނުމާއި މަގުފުރެއްދުމުގައި (އިންސާނާކައިރީ) ދެމިހުރެއެވެ.

އިންސާނުންގެ ތެރެއިން އެބައިމީހުންގެ ޖިންސުން އެހީތެރީންތަކެއް ފޮނުއްވުމަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރަޙުމަތުގެ ތެރޭން ހިމެނޭކަމެކެވެ.  އެބައިމީހުންނަށް ހެޔޮކަންކަމަށް ގޮވާލައި، އަދި ފިތުނަ ތަކާއި މެދު އިންޒާރުދީ އަދި ހަވާނަފުސަށް ތަބާވުމުގެ މައްޗަށް އިންޒާރުކުރެއެވެ. އެއީ ރަސޫލު ބޭކަލުންނާއި އެބައިމީހުންނަށް ތަބާވާ މީސްތަކުންނެވެ. ﷲ ސުބުހާނަހޫ ވަތަޢާލާ ވަޙީކުރައްވައެވެ.

(إِنَّا أَرْسَلْنَا نُوحًا إِلَىٰ قَوْمِهِ أَنْ أَنذِرْ قَوْمَكَ)       (1)

މާނައީ: ހަމަކަށަވަރުން ތިމަންއިލާހު ނޫޙު ޢަލައިހިއްސަލާމް އެކަލޭގެފާނުގެ ޤައުމުގެ މީސްތަކުންގެ ކައިރިއަށް (ރަސޫލުކަމާއިގެން) ފޮނުއްވީމެވެ. (އެކަލޭގެފާނަށް ވަޙީކުރެއްވީމެވެ.) “ކަލޭގެފާނުގެ ޤައުމުގެ މީހުންނަށް އިންޒާރުދެއްވާށެވެ.”

އަދިވެސް ﷲ ޢައްޒަ ވަޖައްލަ  ވަޙީކުރެއްވިއެވެ.

 (وَاذْكُرْ أَخَا عَادٍ إِذْ أَنذَرَ قَوْمَهُ بِالْأَحْقَافِ)      (2)

މާނައީ: “އަދި ހަނދުމަކުރާށެވެ. ޢާދުބާގައިގެ މީހުންގެ އަޚު (ހޫދު ޢަލައިހިއްސަލާމް) އަޙްޤާފުގައި، (ޢަރަބި ޖަޒީރާގެ ދެކުނުގައިވާ ވެލީގެ ފަރުބަދަތަކެއްވާ ރަށެއް- ޔަމަނުގައި) ކިޔުނުތަނުގައިވާ އެކަލޭގެފާނުގެ ޤައުމުގެމީހުންނަށް އިންޒާރު ދިންހިނދެވެ.”

އަދިވެސް ﷲ ސުބުހާނަހޫ ވަތަޢާލާ އަޅުގަނޑުމެންގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ވަޙީކުރެއްވެވިއެވެ.

يَا أَيُّهَا الْمُدَّثِّرُ ﴿١﴾ قُمْ فَأَنذِرْ ﴿٢﴾   (3)

މާނައީ: އޭ (ފޭރާންކޮޅު) އޮޅުއްވައިގެން އޮންނެވި ކަލޭގެފާނެވެ.(މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ).

ކަލޭގެފާނު ތެދުވެ ވަޑައިގަންނަވާށެވެ. އަދި އިންޒާރުދެއްވާށެވެ.”

ﷲގެ ފޮތުގައި ބަޔާންވެގެންވާ، އަހަރެމެންގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސިފަތަކުގެ ތެރެއިން، ހަމަކަށަވަރުން އެކަލޭގެފާނަކީ ހެޔޮކަންކަމަށް އަމުރުކުރައްވާ އަދި ނުބައިކަންކަން މަނާކުރައްވާ ބޭކަލެއްކަމުގައި ސިފަކުރައްވާފައިވެއެވެ. އެސަބަބަށްޓަކައި ﷲ ސުބުހާނަހޫ ވަތަޢާލާ އެއިލާހުގެ ފޮތުގައި އެކަލޭގެފާނުގެ މައްޗަސް ޘަނާދަންނަވައި ބަސްފުޅު ވަޙީކުރައްވާފައިވެއެވެ.

(يَأْمُرُهُم بِالْمَعْرُوفِ وَيَنْهَاهُمْ عَنِ الْمُنكَرِ)   (4)

މާނައީ: “އެކަލޭގެފާނު(މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ) އެބައިމީހުންގެ މައްޗަށް ހެޔޮކަންކަމަށް އަމުރުކުރައްވައެވެ. އަދި (މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ) އެބައިމީހުންނަށް ނުބައިކަންކަން މަނާކުރައްވައެވެ.” (5)

މިފޮތުގެ އިތުރުބައިތައް ބައްލަވާ

ނިމުނީ.

_________________

(1)         سورة نوح: 1

(2)         سورة الأحقاف: 21

(3)         سورة المدثر: 1،2

(4)         سورة الأعراف: 157

(5) މަދީނާގެ މަސްޖިދުއްނަބަވީގެ އިމާމު އަދި ޚަޠީބު ޑރ. ޢަބްދުލްމުޙުސިނު އަލްޤާސިމު حفظه الله، ލިޔުއްވާފައިވާ “الأمر بالمعروف والنهي عن المنكرأصل من أصول الدين”(ހެޔޮކަންކަމަށް އަމުރުކުރުމާއި ނުބައިކަންކަން މަނާކުރުމަކީ ދީނުގެ އަޞްލުގެ ތަކުގެ ތެރެއިން އަޞްލެކެވެ).  ތަރުޖަމާ ކުރެވެމުންދާ މިކުޑަކުޑަފޮތުން ނެގިފައިވާ މައުޟޫއެކެވެ.