ހެޔޮކަންކަމަށް އަމުރުކުރުމާއި އަދި ނުބައިކަންކަން މަނާކުރުމުގެ ފައިދާތައް

الحمد لله رب العالمين. والصلاة والسلام على أشرف الأنبياء والمرسلين. و بعد. “ހެޔޮކަންކަމަށް އަމުރުކުރުމާއި އަދި ނުބައިކަންކަން މަނާކުރުމަކީ އިސްލާމްދީން ރައްކާތެރިކޮށްދޭ ކިއްލާއެވެ. އަދި އެކަމުގެ ސަބަބުން އުއްމަތުގެ ކިބައިން ފިތުނަތަކާއި ފާފަތަކުގެ ނުބައި ފަސާދައިން ދުރުކޮށްދެއެވެ. އަދި އެކަމުގެ ސަބަބުން އިސްލާމްދީނުގެ އަހުލުވެރިން ޝައިޠާނާގެ ރޭވުންތަކުންނާއި އަދި ހަވާނަފުސުގައި ޖެހި ބެހިގެންދިޔުމުން (މަގުފުރެދިގެން ދިޔުމުން) ސަލާމަތްކޮށްދެއެވެ. އަދި ޢަޤީދާއާއި ސުލޫކުތަކާއި އަޚުލާޤު ރައްކާތެރިކޮށްދެއެވެ. އަދި ބޭކާރު ކަންކަމުން ސަލާމަތްކޮށްދެއެވެ. އަދި އެއީ (ހެޔޮކަންކަމަށް […]