ޚުއްފާއި ފަގުޑިއާއި ބެންޑޭޖުގެ މަތީގައި (ފެން) ފުހުން

الخُفُّ އަކީ ހަމުން ނުވަތަ އެފާޑުގެ އެއްޗަކުން ހަދާފައި ހުންނަ، ފަޔަށް ލައްވަން ބޭނުންކުރާ އެއްޗެކެވެ. އޭގެ ޖަމްޢުއަކީ خِفَافٌ އެވެ. ހަމުން ނޫން އެއްޗަކުން މިސާލަކަށް ވޫލުން ނުވަތަ ކޮޓަން ފަދަ އެއްޗަކުން ހަދާފައިވާ އެއްޗެއް ކަމުގައި ވިޔަސް އެއީ ފަޔަށް ލައްވަން ބޭނުންކުރާ އެއްޗެއްނަމަ އެ ބެލެވެނީ ޚުއްފުކަމުގައެވެ. ޚުއްފުގެ މަތީގައި (ފެން) ފުހުމުގެ ޙުކުމާއި އެކަމުގެ ދަލީލު: އަހުލުއްސުންނަތި ވަލްޖަމާޢަތި އިއްތިފާޤުވެފައިވާ ގޮތުގައި ޚުއްފުގެ މަތީގައި (ފެން) ފުހުމަކީ ހުއްދަވެގެންވާ ކަމެކެވެ. […]