ބަންދުކުރެވިފައިވާ ދޮރުތަކެއްގެ ފަހަތުގައި ނިމުމެއްނެތް ޙަޔާތެއް…

ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެން އެންމެން ނަރަކައިގެ ވޭންދެނިވި ޢަދާބުން ސަލާމަތްކުރައްވާށިއެވެ!
ތިލާވަތުގެ ސަޖިދައިގެ ޙުކުމްތައް 3

14- ކީރިތި ޤުރުއާނުގެ ތަރުޖަމާއިން ކިޔަވާއިރު ސަޖިދައިގެ އާޔަތަކާ ދިމާވުމުން ތިލާވަތުގެ ސަޖިދަ ކުރަންޖެހޭނެތޯއެވެ؟ ޖ- ތަރުޖަމާކުރެވިފައިވާ މުޞްޙަފަކީ ޤުރުއާނުގެ ގޮތުގައި ބެލެވޭ އެއްޗެއް ނޫނެވެ. އެ ބެލެވެނީ ކީރިތި ޤުރުއާނުގެ ތަފްސީރެއް ކަމުގައެވެ. ކީރިތި ޤުރުއާނަކީ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ޢަރަބި ބަހުން ބާވައިލެއްވުނު ﷲ ގެ ކަލާމްފުޅެވެ. ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވާ ފަދައިންނެވެ. ( إِنَّا أَنْزَلْنَاهُ قُرْآنًا عَرَبِيًّا لَعَلَّكُمْ تَعْقِلُونَ ) [يوسف 2 ] […]
ޚުއްފުގައި ފެންފުހުމުގެ މުއްދަތާއި ފެންފުހުން ބާޠިލުވާ ކަންތައްތައް

ޚުއްފުގައި ފެންފުހުމުގެ މުއްދަތު އެއީ ރަށުގައި ޤާއިވެގެން ހުންނަމީހާއަށް އަދި ނަމާދު ކުރުކުރުން ހުއްދަވެގެންނުވާ މިންވަރަށް ދަތުރުފަތުރު ކުރާ މީހާއަށް ދުވާލަކާއި ރެއެކެވެ. އަދި ނަމާދު ކުރުކުރުން ހުއްދަވެގެންވާ މިންވަރަށް ދަތުރުކުރާ މީހާއަށް ތިންދުވަހާއި ތިންރެއެވެ. އެއީ ޢަލީ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވާ ޙަދީޘުގެ ސަބަބުންނެވެ. ޢަލީ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ((جَعَلَ رَسُولُ اللهِ صَلَّى اللهُ عَلَيهِ وَسَلَّمَ ثَلَاثَةَ أَيَّامٍ وَلَيَالِيهِنَّ لِلْمُسَافِرِ وَ يَوْمًا وَ لَيْلَةً لِلْمُقِيمِ)) [رواه […]