سورة القدر ގެ ތަފްސީރު 2
تَنَزَّلُ الْـمَلَاـئِكَةُ وَالرُّوحُ فِيهَا بِإِذْنِ رَبِّهِم مِّن كُلِّ أَمْرٍ ﴿٤﴾ މާނައީ: “މަލާއިކަތުންނާއި ޖިބްރީލު (ޢަލައިހިއްސަލާމު) އެބޭކަލުންގެ ރައްބުގެ އިޛުނަފުޅާއެކު، ހުރިހާ އަމުރުފުޅަކައިގެން އެރޭ ފައިބައިވަޑައިގަންނަވާނެތެވެ.” تَنَزَّلُ الْـمَلَاـئِكَةُ وَالرُّوحُ فِيهَا “މަލާއިކަތުންނާއި ޖިބްރީލު (ޢަލައިހިއްސަލާމު) އެރޭ ފައިބައިވަޑައިގަންނަވާނެތެވެ.” މާނައަކީ މަޑުމަޑުން ފައިބާވަޑައިގަންނަވަމުން ފައިބާވަޑައިގަންވަމުން ދިޔުމެވެ. އެހެނީ އެބޭކަލުންނަކީ އުޑުގައި ދިރިއުޅުއްވާ ބޭކަލުންނެވެ. ހަތް އުޑުވެއެވެ. ބިން ފުރިއްޖައުމަށް ދަންދެން އެ އެއުޑުތަކުން މަލާއިކަތުން ފައިބާވަޑައިގަންވަމުން ދާނެއެވެ. މަލާއިކަތުން ބިމަށް ފައިބާވަޑައިގެންނެވުމަކީ ހެޔޮކަމާއި، ރަޙުމަތާއި […]