ގެތައް އިޞްލާޙުކުރުމަށް 40 ނަސޭހަތް (42)
25 ވަނަ ނަސޭހަތް: «عَلِّقُوا السَّوْطَ حَيْثُ يَرَاهُ أَهْلُ الْبَيْتِ» [1]. މާނައީ: “ގޭގެ އަހުލުންނަށް ފެންނަގޮތަށް ޗާބޫކު އެލުވާފައި ބަހައްޓާށެވެ.”
ޖަމުރާއަށް ހިލައުކުމުގެ ތެރޭގައި ހެދޭ ގޯސްތައް
1- ކޮންމެ ގޮތަކުންވެސް މުދުދަލިފާއިން ހިލަ ހޮވަންޖެހޭނެ ކަމަށް އިޢުތިޤާދުކުރުން: އެހެންކަމުން އެބައިމީހުން ރޭގަނޑުގެ ވަގުތުތަކުގައި ހިލަހޮވުމަށް ޚާއްޞަ ސަމާލުކަމެއް ދެއެވެ. އެއިން ހިލަކޮޅެއް ގެއްލިއްޖެނަމަ އެކަމާ ދެރަވެ ހިތާމަކޮށް، އެބައިމީހުންގެ ރައްޓެހިން ގާތުން، މުޒުދަލިފާއިން ހޮވާފައި ހުރި ހިލައިން ހިލަ ދިނުމަށް އެދެއެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން މުޒުދަލިފާއިން ހިލަހޮވުމަކީ އޭގައި އެއްވެސް އަޞްލެއް އޮތްކަމެއް ނޫނެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ، ސަވާރީގައި އިންނަވާ، އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާގެ އަރިހުން، ހިލަކޮޅުތައް ހޯއްދެވުމަށް އަމުރުކުރެއްވީ، […]