[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ގެތައް އިޞްލާޙުކުރުމަށް 40 ނަސޭހަތް (42)

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

25 ވަނަ ނަސޭހަތް: «عَلِّقُوا السَّوْطَ حَيْثُ يَرَاهُ أَهْلُ الْبَيْتِ» [1]. މާނައީ: “ގޭގެ އަހުލުންނަށް ފެންނަގޮތަށް ޗާބޫކު އެލުވާފައި ބަހައްޓާށެވެ.”

އަދަބު ދޭނެ ކަމުގެ އިންޒާރެއް ދިނުމަކީ އަދަބުވެރި ކުރުވުމުގެ އެންމެ މޮޅު އެއް ވަސީލަތެވެ. އަދި އެހެން ރިވާޔަތެއްގައި ރަސޫލުﷲ صلى الله عليه وسلم ވަނީ ގޭގައި ޗާބޫކު ނުވަތަ ޢަޞާ އެލުވުމުގެ ސަބަބު ބަޔާންކޮށްދެއްވާފައެވެ.

((عَلِّقُوا السَّوْطَ حَيْثُ يَرَاهُ أَهْلُ الْبَيْتِ؛ فَإِنَّهُ لَهُمْ أَدَبٌ)) [أخرجه الطبراني ۱٠٦٧۱ وهو في السلسلة الصحيحة برقم ۱٤٤٧]

މާނައީ: “ގޭގެ އަހުލުންނަށް ފެންނަގޮތަށް ޗާބޫކު އެލުވާފައި ބަހައްޓާށެވެ. ފަހެ، އެއީ އޭގެން އަދަބުވެރި ކުރުވާތީއެވެ.”

އަދަބު ދިނުމަށް ބޭނުންކުރާ އެތި އެލުވިފައިވާތަން ފެންނަން ހުރުމުން، ނުރަނގަޅު ނިޔަތެއްގައިވާ މީހާވެސް، އޭގެން އޭނާއަށް ލިބިދާނެ އަނިޔާއަކަށް ބިރުގަނެ، އޭނާގެ ފޭރާން (އެބަހީ: ނަފްސު) ރައްކާތެރިވުމުގެ ގޮތުން އެކަމަކުން ދުރުހެލިވެއެވެ. އަދި އެމީހުން އަދަބުވެރިވެ ރިވެތި އަޚްލާޤުން ޞިފަ ލިބިގަތުމަށްވާ ސަބަބަކަށް އެކަން ވެއެވެ.

ابن الأنباري ވިދާޅުވެފައިވެއެވެ.

“އޭގެން ޖެހުމަށް ވާރިދުވެފައި ނުވެއެވެ. އެހެނީ އެކަލޭގެފާނު އެއްވެސް މީހަކަށް އެކަމަށް އަމުރު ނުކުރައްވައެވެ. އޭގެ ބޭނުމަކީ ތިބާއަށް ކިޔަމަންތެރި ކުރުވުމެވެ.” [انظر فيض القدير للمناوي جزء: ٤/ صفحة: ٣٢٥]

ޖެހުމަކީ އަޞްލު އަދަބެއް ނޫނެވެ. އެހެން ހުރިހާ ވަސީލަތްތަކަކުން ފައިދާ ނުކުރާހާ ހިނދެއްގައި މެނުވީއެވެ. ނުވަތަ (ﷲ ތަޢާލާއަށް) ކިޔަމަންތެރިކަން އަދާކުރުމުގެ ގޮތުން އަދާކުރަންޖެހޭ ފަރުޟު އަޅުކަމަކަށް މީހަކަށް މަޖުބޫރު ކުރަންޖެހިއްޖެ ހިނދެއްގައި މެނުވީއެވެ. އެއީ ﷲ ތަޢާލާ ވަޙީކުރައްވާފައިވާ ފަދައިންނެވެ.

﴿…وَاللَّاتِي تَخَافُونَ نُشُوزَهُنَّ فَعِظُوهُنَّ وَاهْجُرُوهُنَّ فِي الْمَضَاجِعِ وَاضْرِبُوهُنَّ…﴾ [سورة النساء٣٤]

މާނައީ: “…އެކަނބަލުން ނުކިޔަމަންތެރި ވެދާނެކަމަށް ތިޔަބައިމީހުން ބިރުގަންނަނަމަ ފަހެ، އެކަނބަލުންނަށް ނަސޭހަތް ދޭށެވެ. އަދި އެކަނބަލުންނާއެކު އެއްދާންކުރުން ދޫކޮށްލާށެވެ. އަދި އެކަނބަލުންގެ ގައިގައި (ހާނީއްކަ ނުވާގޮތުން) ޖަހާށެވެ…”

މިތަރުތީބުންނެވެ. އަދި ޙަދީޘްގައިވެސްވާ ފަދައިންނެވެ.

((مُرُوا أَوْلَادَكُمْ بِالصَّلَاةِ وَهُمْ أَبْنَاءُ سَبْعِ سِنِينَ، وَاضْرِبُوهُمْ عَلَيْهَا، وَهُمْ أَبْنَاءُ عَشْرٍ…)) [سنن أبي داود جزء: ۱/ صفحة: ۱٣٣/ رقم: ٤٩٥ وانظر إرواء الغليل جزء: ۱/ صفحة: ٢٦٦/ رقم: ٢٤٧]

މާނައީ: “ތިޔަބައިމީހުންގެ ދަރިންނަށް ހަތް އަހަރު ވުމުން އެކުދިންނަށް ނަމާދުކުރުމަށް އަމުރުކުރާށެވެ. އަދި ދިހަ އަހަރުވުމުން (އެކަން ނުކޮށްފިނަމަ) އެކުދިން ގައިގައި ޖަހައިގެންވެސް އެކަން ކުރުވާށެވެ…”

ޙާޖަތަކާނުލާ ޖެހުމަކީ އަނިޔާވެރިވުމެވެ. އަދި އެމީހެއްގެ ކަރުގައި ޢަޞާ އޮންނަ ފިރިހެނަކާ (އެބަހީ: އަންހެނުންގެ ގައިގައި ތަޅާ ފިރިހެނަކާ) ކައިވެނި ނުކުރުމަށް އަންހެނަކަށް ރަސޫލުﷲ صلى الله عليه وسلم ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ. އަދި ކާފަރުންގެ ތަރުބިއްޔަތުގެ ބައެއް ނަޡަރިއްޔާތަކަށް ތަބާވާ މީހުން ދެކޭގޮތުގައި ޖެހުމަކީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ. ފަހެ، އޭނާގެ އެރައުޔަކީ ޝަރީޢަތުގެ ނައްޞުތަކާ ޚިލާފު ނުބައި ރައުޔެކެވެ.

_________________________

=ނުނިމޭ=

 

[1]   أخرجه أبو نعيم في الحلية/ جزء: ٧/ صفحة: ٣٣٢، وهو في السلسلة الصحيحة برقم (۱٤٤٦).

 

އެހެންބައިތައް ބެއްލެވުމަށް