ވަދާޢުގެ ޠަވާފުކުރުމުގައި ހެދޭ ގޯސްތައް

1- ނަޙްރުގެ ދުވަހުގައި ހިލައުކުމުގެ ކުރިން މިނާއިން މައްކާއަށް އައިސް ވަދާޢުގެ ޠަވާފުކުރުން އަދި އޭގެ ފަހުގައި މިނާއަށް އެނބުރި ގޮސް ޖަމުރާތަކަށް ހިލައުކުމަށްފަހު އެމީހުންގެ ޤައުމަށް ފުރައިގެން ދިޔުން: މިއީ ހުއްދަވެގެންވާ ކަމެއް ނޫނެވެ. އެހެނީ އެއީ ޙައްޖުވެރިން އެބައިމީހުން ކުރާ އެންމެ ފަހު ޢަހުދަކީ ގެފުޅުކަމުގައި ހެދުމަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކުރައްވާފައިވާ އަމުރާ ޚިލާފުކަމެކެވެ. ވަދާޢުގެ ޠަވާފުގެ ފަހުން ޖަމުރާތަކަށް ހިލައުކައިފި މީހާ އޭނާގެ އެންމެ ފަހު ޢަހުދުކަމުގައި އެހެދީ ޖަމުރާތަކެވެ. […]
މީސްތަކުން ޣީބަ ބުނެއުޅޭ ބައެއް ގޮތްތައް… (2)

މިފަދަ ކަންކަމަކީ އަދި މިނޫންވެސް މިފަދައެހެންކަންކަމަކީ ހިތުގެ އެންމެ ބޮޑެތި ބަލިމަޑުކަމުގެ ތެރެއިންވާ ބަލިމަޑުކަމެވެ. އަދި މިއީ ﷲއަށާއި އެއިލާހުގެ އަޅުތަކުންނަށް އޮޅުވާލުމެވެ.