سورة الشرح ގެ ތަފްސީރު (1)

މި އާޔަތުގައި މިވާ ޝަރަޙުކުރުމުގެ މުރާދަކީ ތަނަވަސްކޮށްދެއްވުމެވެ. މި ތަނަވަސްކޮށްދެއްވުމަކީ ޙިއްސީ ތަނަވަސްކޮށްދެއްވުމެއް ނޫނެވެ. އެއީ މަޢުނަވީ ތަނަވަސްކޮށްދެއްވުމެކެވެ. ހިތް ތަނަވަސްކޮށްދެއްވުމަކީ؛ އެއީ ﷲ ޢައްޒަ ވަޖައްލަގެ ޙުކުމްފުޅުތަކަށް ހިތް ތަނަވަސްކޮށްދެއްވުމެވެ.