ޤިޔާމަތްވުމުގެ ޢަލާމާތްތައް (أَشْرَاطُ السَّاعَةِ) – 39 “ފިތުނަ ފާޅުވުން.”

6. ފިތުނަ ފާޅުވުން. الفِتَن: [މިއީ] “فِتْنَة” މިބަހުގެ ޖަމްޢެވެ. [ނުވަތަ ގިނަގޮތެވެ.] އެއީ އިމްތިޙާނު ކުރުން ނުވަތަ ޓެސްޓްކުރުމެވެ. އެއަށްފަހު އެބަސް ގިނައިން ބޭނުންކުރެވެމުން އަންނަނީ އޭގެތެރެއިން ނުރުހޭކަމަކަށްޓަކައި ކުރެވޭ އިމްތިޙާނަށެވެ. އޭގެފަހުގައި، ނުރުހޭ ކޮންމެ ކަމަކަށާއި އެދަރަޖާގައިވާ ކޮންމެ ކަމަކަށް އެފަދައިން ކިޔެއެވެ. މިޘާލަކަށް ފާފަކުރުން، ކާފިރުކަން، މީހުން މެރުން، ހުޅުޖެހުން އަދި މިނޫންވެސް ނުރުހެވޭ މިފަދަ ކަންކަމަށެވެ. [1] ޙައްޤެއް ބާޠިލެއް ވަކިކުރަން ނޭނގޭފަދަ ބޮޑެތި ފިތުނަތައް ފާޅުވުމީ ޤިޔާމަތްވުމުގެ ޢަލާމާތެއް ކަމުގައި […]