سورة الفلق ގެ ތަފްސީރު – 2

އަދި ހަމަކަށަވަރުން ހަނދު (غَاسِق) އެއްކަމުގައިވަނީ އެއީ ރޭގަނޑުގައި އަރާއެއްޗެއްކަމުގައި ވާތީއެވެ. އަދި ﷲ ސުބުޙާނަހޫ ވަތަޢާލާގެ މިބަސްފުޅު (وَمِن شَرِّ غَاسِقٍ إِذَا وَقَبَ) މިއަންނަނީ މިބަސްފުޅު (من شر ما خلق)އަށް ޢަޠުފެއްގެ ގޮތުގައި ގުޅިގެންނެވެ. (عَطْفٌ އަކީ ގުޅިގެން ނުވަތަ ހިމެނިގެން ނުވަތަ ވިދިގެން އަންނަ އެއްޗެއްސަށް ޢަރަބި ބަހުގެ ޤަވާޢިދުގައި ކިޔާނަމެކެވެ.) އެއީ ޢާންމު އެއްޗަކަށްފަހު އެޔާވިދިގެން އޭގެ މައްޗަށް އަންނަ ޙާއްޞަ އެއްޗެއްގެ ގޮތުގައެވެ. ސަބަބަކީ ޣާސިޤުއަކީ ﷲ ސުބުޙާނަހޫ […]