سورة الفلق ގެ ތަފްސީރު – 3
ﷲ ޢައްޒަވަޖައްލަ ޣާސިޤު އެރުމާއި (ފާޅުވުމާއި)، އަދި ގޮށަށް ފުމޭ ސިޙުުރުވެރި ކާހިނުންނާއިި، އަދި ޙަސަދަވެރިޔާ ޙަސަދަވެރިވާ ހިނދާއި، މިކަންކަން ބަޔާންކުރައްވާފައިވަނީ، ސަބަބަކީ މި ހުރިހާ ބަލާވެރި ތިން ޙާލަތަކީވެސް ފޮރުވިފައިވާ ކަންކަމެވެ. ރޭގަނޑަގެ އަނދިރިކަމުންފަރުދާއެކެވެ. އަދި ފޮރުވާލުމެކެވެ. (ވަޙީކުރައްވާފައިވެއެވެ.) (وَاللَّيْلِ إِذَا يَغْشَىٰ)(މާނައީ: އަދި ރޭގަނޑު ގަންދެއްވަމެވެ. އެރޭގަނޑުގެ އަނދިރިކަމުން ދުވާލުގެ އަލިކަން ފޮރުވައިލާ ހިނދުއެވެ. ) ރޭގަނޑުގައި ނުބައިކަމެއް (މީސްތަކުންނަށް) އެކަން އެނގުމަކާ ނުލައި ކުރެވޭނެއެވެ. (النَّفَّاثَاتِ فِي الْعُقَدِ) (މާނައީ:އަދި ގޮތްތަކަށް ފުމެއުޅޭ […]