[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

سورة الفلق ގެ ތަފްސީރު – 3

ﷲ ޢައްޒަވަޖައްލަ ޣާސިޤު އެރުމާއި (ފާޅުވުމާއި)، އަދި ގޮށަށް ފުމޭ ސިޙުުރުވެރި ކާހިނުންނާއިި، އަދި ޙަސަދަވެރިޔާ ޙަސަދަވެރިވާ ހިނދާއި، މިކަންކަން ބަޔާންކުރައްވާފައިވަނީ، ސަބަބަކީ މި ހުރިހާ ބަލާވެރި ތިން ޙާލަތަކީވެސް  ފޮރުވިފައިވާ ކަންކަމެވެ. ރޭގަނޑަގެ އަނދިރިކަމުންފަރުދާއެކެވެ. އަދި ފޮރުވާލުމެކެވެ. (ވަޙީކުރައްވާފައިވެއެވެ.) (وَاللَّيْلِ إِذَا يَغْشَىٰ)(މާނައީ: އަދި ރޭގަނޑު ގަންދެއްވަމެވެ. އެރޭގަނޑުގެ އަނދިރިކަމުން ދުވާލުގެ އަލިކަން ފޮރުވައިލާ ހިނދުއެވެ. ) ރޭގަނޑުގައި ނުބައިކަމެއް (މީސްތަކުންނަށް) އެކަން އެނގުމަކާ ނުލައި ކުރެވޭނެއެވެ. (النَّفَّاثَاتِ فِي الْعُقَدِ) (މާނައީ:އަދި ގޮތްތަކަށް ފުމެއުޅޭ ސިޙުރުހަދާމީހުންގެ ނުބައިކަމުންވެސް މެއެވެ.)

ހަމައެޔާއެކުގައިި ސިޙުރަކީވެސް ލޮލަށް ނުފެންނަ ފޮރުވިފައިވާ އެއްޗެކެވެ. އެވެސް ނޭނގޭނެއެވެ.

ޙަސަދަވެރިޔާ ޙަސަދަވެރިިވާ ހިނދު އެސްފީނާ އެމީހެއްގެ ފަރާތުން ޖެހޭމީހާވެސް ވަނީ ފޮރުވިފައެވެ. ތިބާއަށް އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ ކަމަށް ހީކުރާ މީހާގެ ކިބައިން އެސްފީނާ އަތުވެދާނެއެވެ. އަދި އޭނާއަށްވެސް އެންމެ ލޮބުވެތިވެގެންވާ މީހާއަކީ ތިބާކަމުގައިވެސް ވެދާނެއެވެ. އެޔާއެކުގައިވެސް ތިބާއަށް އެސްފީނާ ޖެހެއެވެ. ޣާސިޤު ފާޅުވާ ހިނދާއި، ސިޙުރުވެރިޔާ ގޮަށަށް ފުމޭ ހިނދުގަޔާއި އަދި ޙަސަދަވެރިޔާ ޙަސަދަވެރިވާ ހިނދާއި މިތިންކަން ﷲ ސުބުޙާނަހޫ ޙާއްޞަކުރައްވާފައިވަނީ މިސަބަބަށް(ފޮރުވިފައިވާކަމަށް)ޓަކައެވެ. އެހެން ނޫންނަމަ މިހުރިހާ ކަމަކީވެސް މި ވަޙީ ބަސްފުޅު ކަަމަށްވާ (مِن شَرِّ مَا خَلَقَ ( (މާނައީ: ﷲ އުފެއްދެވި ހުރިހާ ތަކެއްޗެއްގެ ނުބައިކަމުން ރައްކާތެރިކަމަށް އެދެމެވެ.)  މިބަސްފުޅުގެ ދަށަށް ވަންނާނޭ ކަންކަމެވެ.

މީހަކު މިި ނުބައިވެގެންވާ ތިންކަމުންވެސް ސަލާމަތްވާނެ ގޮތަކީ ކޮބައިތޯ ސުވާލުކޮށްފިނަމަ އަޅުގަނޑުމެން ބުނާނީ މިފަދައިންނެވެ. މިކަމުން ސަލާމާތްވެވޭނީ އިންސާނާ އޭނާގެ ހިތް އޭނާގެ ރައްބާއި ގުޅުވާލައިގެންނެވެ. އަދި އެމީހެއްގެ ކަންތައްތައް ވެރިރައްބަށްޓަކައި އިތުރުކޮށްގެންނެވެ. އަދި ﷲއަށް ވަކީލުކުރުން ޙާޞިލުކޮށްގެންނެވެ. އަދި އެނުބައިމީސްތަކުންގެ ކިބައިން އެމީހެއްގެ ނަފުސު ސަލާމަތްކޮށް ރައްކާތެރިިކުރުމަށް ޝަރީޢަތުގައި ބަޔާންވެފައިވަ ޒިކުރުތައް ކިޔައިބޭނުންކޮށްގެންނެވެ.

މިފަހަކަށް އައިސް މީސްތަކުންގެ ތެރޭގައި ސިޙުރުވެރިންނާއި އަދި ޙަސަދަވެރިންގެ ކިބައިން ޖެހޭކަންކަން ގިނަވުމުގެ ސަބަބަކީ މީސްތަކުން ﷲއާއި މެދު ޣާފިލުވެފައިވާލެއް ބޮޑުކަމުގެ ސަބަބުންނެވެ. އަދި ﷲއަށް ވަކީލުކުރުން ކުޑަވެފައިވާތީއެވެ. އަދި ރައްކާތެރިވުމަށް ބޭނުންކުރެވޭ ޝަރުޢީ ޒިކުރުތައް ބޭނުންކުރެވޭލެއް(ކިޔާލެއް) މަދުވެފައިވާތީއެވެ. އެހެންނޫނަސް އަހަރެމެންނަށް އެނގޭގޮތުގައި ޝަރުޢީ ވިރްދުތަކަކީ(ޒިކުރުތަކާއި ދުޢާތަކަކީ) މިކަންކަމުން ރައްކާތެރިކޮށްދެނިވި މަނާކޮށްދެނިވި އެއްޗެހިތަކެކެެވެ. އެއީ ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުން(ގެ ކިބައިން ސަލާމަތްވުމަށް ބިނާކުރެވިފައިވާ) ފާރަށްވުރެވެސް ވަރުގަދައެއްޗެކެވެ.

 ނަމަވެސް ހިތާމަޔާ އެކީގައި ފާހަގަކޮށްލަންޖެހެނީ ވަރަށް ގިނަމީހުންނަށް މިޒިކުރުތަކާއި ދުޢާތަކުން މިންވަރެއްވެސް ނޭނގޭކަމެވެ. އަދި އެނގޭމީހާވެސް ވަނީ ވަރަށް ބޮޑަށް އެޔާމެދު (އިހުމާލުވެ) ޣާފިލުވެފައެވެ. އަދި އެކިޔައިފިމީހާވެސް އެޔާމެދު އޭނާގެ ހިތްވަނީ ޣާފިލުވެ ޙާޟިރުވެގެނެއްނޫނެވެ. (އެބަހީ ކިޔަނީ ވިސްނައިގެނެއްނޫނެވެ.) މިހުރިހާ ކަންކަމަކީވެސް އުނިކަންކަމެވެ. ހަމަކަށަވަރުން މީސްތަކުން ޝަރީޢަތުގައިި އައިސްފައިވާ ޒިކުރުތަކާއި ދުޢާތައް ކިޔާނަމަ ގިނަވެގެންވާ ނުބައިކަންކަމުން ސަލާމާތްވީހެވެ. ސަލާމާތްތެރިކަމާއި ޢާފިޔަތު ދެއްވުން އެދި އަޅުގަނޑުމެން ދަންނަވަނީ ﷲގެ ކިބައިންނެވެ.” ޢައްލާމާ އިބުނު އުޘައިމީންގެ ބަސްކޮޅު ނިމުނީ.

الحمد لله الذي بنعمته تتم الصالحات.

وصلى الله وسلم على نبينا محمد و آله و صحبه أجمعين. آمين.

 

سورة الفلق ގެ ތަފްސީރު