[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

سورة العاديات ގެ ތަފްސީރު – 2

﴿فَأَثَرْنَ بِهِ﴾ އެބަހީ ދުވެލި ބާރު މިއަސްތައް ޢަދުއްވުންނަށް އަޘަރު ފޯރުކުރެއެވެ. މިހަމަލާވަނީ ﴿نَقْعًا﴾ [އިންނެވެ.] އެއީ ގަދަފަދަ ދުވެލީގެ ސަބަބުން އަރައިގެންދާ ހިރަފުސްގަނޑެވެ. ފަހެ އަހަކީ ޢަދުއްވުން ބިމުގައި ގަދަވެގަނެއްޖެނަމަ އޭގެ ދުވުމުގައި އެބަޔަކު ތިބިތަނަށާއި ފިލައިދާނެހާ ތަނެއް ހިރަފުސްކޮށްލާ އެއްޗެކެވެ. ﴿فَوَسَطْنَ بِهِ﴾ އެބަހީ އަސްތައް މިހިރަފުސްގަނޑުގެ މެދަށް ވަދެތެވެ. ﴿جَمْعًا﴾ ޔަޢުނީ އެންމެހާ ޢަދުއްވުންގެ ތެރެއަށާއެވެ. އެބަހީ އެއަކަށް ވަކި އަމާޒެއް ނެތެވެ. އަދި ޢަދުއްވުންގެ މެދަށް [ވަދެވުމުން] މެނުވީ އޭގެ އަމާޒުގެ […]