سورة الشرح ގެ ތަފްސީރު (2)

((وَوَضَعْنَا عَنكَ وِزْرَكَ)) (އަދި ކަލޭގެފާނުގެ ކުށްތައް، ކަލޭގެފާނުގެ ކިބައިން ތިމަންރަސްކަލާނގެ ދުރުކުރެއްވީމެވެ.) މި އާޔަތުގައި މިވާ “وَضَعْنَا” ގެ މުރާދަކީ ދުރުކުރެއްވުން، މަޢާފުކޮށްދިނުން، އެއްކިބާކޮށް ދިނުމުގެ މުރާދެވެ. އަދި “وِزْرَكَ” ގެ މުރާދަކީ ކަލޭގެފާނުގެ ކުށްތަކެވެ. ((الَّذِي أَنقَضَ ظَهْرَكَ)) އެބަހީ؛ އެ ކުށްތަކަކީ ކަލޭގެފާނުގެ ބުރަކަށިފުޅަށް ބުރަކަންދީފައިވާ ކަންތަކެވެ. މި ތަނުގައި ބުރަކަށީގެ ވާހަކަ ގެންނަވާފައި އެވަނީ ބުރަކަށްޓަކީ ތަކެތި އުފުލުމަށް އެންމެ އެކަށީގެންވާ އަދި ބާރުގަދަ ގުނަންތައްވާ ހިސާބުކަމުގައިވާތީއެވެ. އެހެންކަމުން، އެ އެއްޗެއް […]
ޤިޔާމަތްވުމުގެ ޢަލާމާތްތައް (أَشْرَاطُ السَّاعَةِ) – 46 “ޤުރުއާނަކީ މަޚްލޫޤެއް ކަމުގައި ބުނެވުނު ފިތުނަ.”

ކ. ޤުރުއާނަކީ މަޚްލޫޤެއް ކަމުގައި ބުނެވުނު ފިތުނަ: ދެންއެއަށްފަހު ޤުރުއާނަކީ މަޚްލޫޤެއް ކަމުގައި ބުނެވުނު ފިތުނަ، ޢައްބާސީންގެ ދައުރުގައި ފާޅުވިއެވެ. އަދި ޢައްބާންސީންގެ ޚަލީފާ މައުމޫނު، މިބަހާ އެއްކޮޅުވެ ނަޞްރު ދެއްވިއެވެ. އަދި އެކަލޭގެފާނުގެ އަރިހުން މިގޮތަށް އެދެމުން އެދިއެދިތިބި ޖަހުމީންނާއި މުޢުތަޒިލާއިން މިގޮތަށް ތަބާވިއެވެ. މިކަމާހުރެ އިސްލާމީ އުއްމަތުގެ ޢިލްމުވެރިންނަށް އިމްތިޙާނުތަކާ ކުރިމަތިލާން ޖެހުނެވެ. އަދި މުސްލިމުންގެ މައްޗަށް ބޮޑުވެގެންވާ ބަލާވެރިކަމެއް ލައިގަނެގެން ދިއައެވެ. ދެންފަހެ މިކަންތައްގަނޑުގައި އެބައިމީހީހުން ދިގުޒަމާންތަކެއް ވޭތުކުރަން ޖެހުންކަން […]