އަލްއިމާމު މާލިކު: مالك بن أنس – إمام دار الهجرة – 11
މާލިކުގެފާނުގެ ފޮތް (موطأ) القاضي أبو بكر بن العربيވިދާޅުވިއެވެ. (موطأ) މި ފޮތަކީ މިއީ ބާބުތަކެއްގެ މައްޗަށް (ޙަދީޘްތައް) އެކުލެވޭގޮތަށް ލިޔުއްވާފައިވާ އެންމެ ފުރަތަމަ އަސްލެވެ. އަދި ބުޚާރީއަކީ މިބާބުގައި ދެވަނަ އަސްލެވެ. ދެން އެކުލަވާލެވިފައިވާ ފޮތްތައް އެކުލަވާލާފައި ވަނީ މި ދެފޮތުގެ މައްޗަށެވެ. މިސާލަކަށް މުސްލިމްއާއި ތިރުމިޛީ ފަދަ ފޮތްތަކެވެ. މާލިކުގެފާނު (موطأ) ލިޔުއްވާފައިވަނީ ޙިޖާޒްގެ އަހުލުވެރިންގެ އަރިހުން ރިވާކޮށްފައިވާ އެންމެ ވަރުގަދަ ޙަދީޘްތަކުގެ މައްޗަށެވެ. އަދި މިފޮތުގައި ޞަޙާބީ ބޭކަލުންނާއި ތާބިޢީ […]