[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަލްއިމާމު މާލިކު: مالك بن أنس – إمام دار الهجرة – 11

imam maalik

 

މާލިކުގެފާނުގެ ފޮތް (موطأ)

القاضي أبو بكر بن العربيވިދާޅުވިއެވެ.

(موطأ) މި ފޮތަކީ މިއީ ބާބުތަކެއްގެ މައްޗަށް (ޙަދީޘްތައް) އެކުލެވޭގޮތަށް ލިޔުއްވާފައިވާ އެންމެ ފުރަތަމަ އަސްލެވެ. އަދި ބުޚާރީއަކީ މިބާބުގައި ދެވަނަ އަސްލެވެ. ދެން އެކުލަވާލެވިފައިވާ ފޮތްތައް އެކުލަވާލާފައި ވަނީ މި ދެފޮތުގެ މައްޗަށެވެ. މިސާލަކަށް މުސްލިމްއާއި ތިރުމިޛީ ފަދަ ފޮތްތަކެވެ.

މާލިކުގެފާނު (موطأ) ލިޔުއްވާފައިވަނީ ޙިޖާޒްގެ އަހުލުވެރިންގެ އަރިހުން ރިވާކޮށްފައިވާ އެންމެ ވަރުގަދަ ޙަދީޘްތަކުގެ މައްޗަށެވެ. އަދި މިފޮތުގައި ޞަޙާބީ ބޭކަލުންނާއި ތާބިޢީ ބޭކަލުންނާއި އަދި އޭގެފަހުންއައި ބޭކަލުންގެ ބަސްފުޅުތައް ހިމަނުއްވާފައިވެއެވެ.

އިމާމު މާލިކުގެފާނު (موطأ) އެކުލަވާލެއްވީ ދިހަހާސް ޙަދީޘްގެ މައްޗަށެވެ. އަދި އެފޮތް (މުރާޖާކޮށް) ނުބައްލަވާ އެންމެ އަހަރެއްވެސް ނުދެއެވެ. އަދި މިހާރު ބާކީ އެފޮތުގައިވާ ހާދީޘްތަކުގެ ޢަދަދަށް މަދުވެއްޖައުމަށް ދާންދެން ޙަދީޘެއް  އުނިކުރައްވަމުން އައެވެ.

الأوزاعيގެ އެކުވެރިޔާ عمر بن عبد الواحدގެ އަރިހުން، ابن عبد البر ރިވާކުރެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. “ތިމަންބޭކަލުން މާލިކުގެފާނަށް ސާޅީސް ދުވަހުގެތެރޭގައި (موطأ) ކިޔައިދިނީމުއެވެ. ދެން މާލިކުގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނު އެފޮތް ލިޔުއްވީ ސާޅީސް އަހަރުންނެވެ. ތިބޭކަލުން އެފޮތް ތިދަސްކުރެއްވީ ސާޅީސްދުވަހުނެވެ. ތިބޭކަލުން އެފޮތުން ފިޤުހުވެރިވީލެއް މަދުކަމާއެވެ!

އަދި މާލިކުގެފާނު ވިދާޅުވިއެވެ. “ތިމަންކަލޭގެފާނުގެ މިފޮތް، މަދީނާގެ ފިޤުހުވެރިންގެ ތެރެއިން ހަތްދިހަ ފިޤުހުވެރިންނަށް ހުށަހެޅީމެވެ. ދެން އެއިން ކޮންމެ ބޭކަލަކުވެސް މިފޮތާމެދު އެއްބަސްވެ ރުހުނެވެ. ދެން ތިމަންކަލޭގެފާނު މި ފޮތަށް (الموطأ) ގެ ނަމުން ނަންދެއްވީމެވެ.[1]


 

[1]  باختصار من مقدمة الأستاذ/ محمد فؤاد عبد الباقي, لموطأ الإمام مالك (1/ د, هــــ), ط. عيسى البابي الحلبي

މިލިޔުމުގެ އެހެންބައިތައް