ނަމާދު ( الصلاة ) – 2

ނަމާދު ވާޖިބުވަނީ ކޮންބައެއްގެ މައްޗަށް 1- މުސްލިމެއް ކަމުގައިވާން ޖެހެއެވެ. ﷲ ތަޢާލާގެ އެއްކައުވަންތަކަމަށާއި މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަކީ އެއިލާހުގެ ރަސޫލާކަމަށް ހެކިވެއްޖެ ކޮންމެ މީހެއްގެ މައްޗަށް ނަމާދު ޤާއިމުކުރުން ވާޖިބުވެގެން ވެއެވެ. ކާފިރުކަމުގެ ޙާލަތުގައިވާ މީހާގެ މައްޗަކަށް ނަމާދު ވާޖިބެއްނޫނެވެ. އަދި ކާފިރަކު އިސްލާމްވުމަށްފަހުގައި، އޭގެ ކުރީގެ ނަމާދުތައް ޤަޟާކުރާކަށްވެސް ނުޖެހޭނެއެވެ. 2- މުކައްލަފެއް ކަމުގައިވާންޖެހެއެވެ. އެބަހީ ބާލިޣުވެފައިވާމީހަކަށް އަދި ބުއްދި ސަލާމަތުންހުރި މީހަކަށްވާން ޖެހެއެވެ. ބާލިޣުނުވާ އަދި ބުއްދި ސަލާމަތުންހުރިމީހަކަށް ނުވާނަމަ އެމީހާގެ […]