سورة الشرح ގެ ތަފްސީރު (5)

ދުނިޔޭގައި މަންފާ ލިބެނިވި ޢަމަލުން އަވަދިވެއްޖެނަމަ، ޢާޚިރަތުގެ ޢަމަލުތައްކުރުމަށް އަވަސްވެގަނެއެވެ. އެހެނީ، އިންސާނާއަށް ކަނޑައެޅިފައިވާ ޒަމާނަކީ ހޭލާހުންނައިރުގައްޔާއި، ނިދާފައި އޮންނައިރުވެސް ފާއިތުވެގެންދާނެ ޒަމާނެކެވެ. ހަމައެހެންމެ، އަވަދިނެތި އުޅޭއިރުގައްޔާއި، ހުސްވަގުތުތަކުގައިވެސް ޒަމާން ކުރިއަށް ދާނެއެވެ.